މީދޫ ކުޅި ހިމެނޭ ސަރަހައްދުގައި ރޯވެއްޖެ، އަލިފާނުގެ 50 ޕަސެންޓް ވަނީ ކޮންޓްރޯލްވެފައި: އެމްއެންޑީއެފް

އައްޑޫ ސިޓީ މީދޫ ކުޅި ސަރަހައްދުގައި  ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފުން ވީދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މީދޫ ކުޅީގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 1:15 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިފައެއް ނުވެއވެ. އެމްއެންޑީއެފުން ވިދާޅުވީ ރޯވި އަލިފާނުގެ 50 ޕަސެންތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އެސަރަހައްދުގައި ރޯވީ ކަމެއް ބަޔަކު ރޯކޮށްލީ ކަމެއް ކަށަވަރެއް ނުވެއެވެ. އެއީ ދޭތެރެދޭތެރެއިން ރޯވާ ނުވަތަ ރޯކުރާ ސަރަހައްދެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.