ރިޝްވަތުގެ ކަންތައް އޭޝިއާގައި އެންމެ ބޮޑީ އިންޑިއާގައި

އޭޝިއާގެ ގައުމުތަކުގެތެރެއިން ރިޝްވަތުގެ ކަންތައް އެންމެ ގިނައިން ހިނގަނީ  އިންޑިއާކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

ޓްރާންސް ޕޭރެންސީ އިންޓަރނޭޝަނަލްއިން ކުރި ދިރާސާގައި 20 ހާސް މީހުންގެ ޚިޔާލު ހޯދާފައިވެއެވެ.

ދިރާސާއިން އެނގުނު ގޮތުގައި އިންޑިގައި ތަޢުލީމާއި ޞިއްޙަތާއި ފުލުހުންގެ ޚިދުމަތާއި ޢާއްމު ޚިދުމަތްތައް ހޯދަން ވަރަށް ގިނަ ބަޔަކު ރިޝްވަތު ދެމުން ގެންދެއެވެ.

ރިޝްވަތުގެ ކަންތަކުގައި އިންޑިއާ އޭޝިއާގެ އެއްވަނައިގައި އޮތް އިރު ދެވަނަ ލިބެނީ ވިއެޓުނާމަށެވެ. އަދި ތިންވަނަ ލިބެނީ ތައިލޭންޑަށެވެ. މިޔަންމާ އާއި ކެމްބޯޑިއާ އާއި ޕާކިސްތާނަކީ ވެސް ރިޝްވަތު ދިނުމާއި ހިފުމުގެ ކުރީ ސަފުގައި ހިމެނޭ ގައުމުތަކެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ވަޑައިގަތީ ކޮރަޕްޝަން ގައުމުން ނައްތާލައްވާނެ ކަމުގެ ވަރުގަދަ ޝިޢާރުތަކަކާއި ވައުދުތަކާއެކުގައެވެ. އެކަމަކު ދިރާސާތަކުން ދައްކާގޮތުގައި ކޮރަޕްޝަން ހުއްޓުމުގެ ބަދަލުގައި ފާއިތުވި ތިން އަހަރުދުވަހުގެތެރޭގައި އިންޑިއާގައި ކޮރަޕްޝަން ދަނީ އިތުރުވަމުންނެވެ. 

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރިޝްވަރުގެ ކަންތައް އެންމެ ކުޑައީ ޖަޕާނުގައެވެ. (މައުލޫމާތު: ބީބީސީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.