ބަންދުކޮށްފައި އޮތް ސަފާރީއަކުން ހުޅުމާލެއަށް ފޭބި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުމާލެ ބީޗު

ހުޅުމާލޭގައި ބަންދުކޮށްފައި އޮތް ސަފާރީއެއްގައި މަސައްކަތް ކުރާމީހަކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފަށް އެއިން ފައިބައިގެން ހުޅުމާލެއަށް އެރި މައްސަލާގައި ފުލުހުން އެމީހާ ބަންދު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 6:15 އެހައިކަންހާއިރު ކަމަށެވެ. އެމައްސަލާގައި ބަންދުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ވިދާޅުވީ ޑީޖީގެ އެންގެވުމާ ޚިލާފަށް ހުޅުމާލެއަށް ފޭބުމުގެ އިތުރުން އެމީހާވަނީ ފުލުހުންނަށް ދޮގު ހަދައިފައި ކަމަށެވެ.

މިމައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހައިދީފައެވެ. މިއީ މިގޮތަށް ޑީޖީގެ އަމުރާ ޚިލާފުވެގެން ބަންދުކުރި 4 ވަނަ މީހާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.