ޓިބެޓަށް 5.9 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ޗައިނާގެ ސަރަހައްދެއް ކަމުގައިވާ ޓިބެޓަށް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ. ހިމާލަޔާ ފަރުބަދަ ސިލްސިލާގައި އޮންނަ އެ ސަރަހައްދުގައި ބިންހެލުން އައިސްފައި ވަނީ ނޭޕާލުގެ ސަރަހައްެދީ ރޮނގާ ކައިރި ހިސާބަކަށެވެ.

ޗައިނާގެ އާތުކުއޭކް ނެޓްވާކްސް ސެންޓައިން ބުނި ގޮތުގައި މިއަދު ހެނދުނު 9:33 ގައި މި ބިންހެލުުން އައިސްފައި ވަނީ ޓިބެޓްގެ ޓިންގްރީ ކައުންޓީގެ ޝިގާޒޭ ސިޓީ ކައިރިން 10 ކިލޯމީޓަރު އަޑިޔަށެވެ. އަދި ސަބަބުން އެއްވެސް ގެއެއް ވެއްޓި މީހަކު މަރުވި ކަމުގެ ޚަބަރެއް އަދި ލިބިފައި ނުވެއެެވެ. ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނި ގޮތުގައި އެ ސަރަަަހައްދުގެ ސަރުކާރުން ވަނީ ކައިރި ރަށްރަށާއި އަވަށްތަކަށް ގެއްލުން ލިބުނުތޯއާއި، ލިބުނީ ކޮން ގެއްލުމެއްތޯ ބެލުމަށް އޮފިޝަލުން ފޮނުވާއެވެ.

ނޭޕާލުގެ ނޭޝަނަލް ސީސްމޮލޮޖިކަން ސެންޓަރުން ބުނި ގޮތުގައި އެ ބިންހެލުން ލޮޅުންތަކުގެ އަސަރު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށްވެސް ކުރިއެވެ.

ނޭޕާލަކީ 2015 ވަނަ އަހަރު ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ގަައުމެކެވެ. އެ އަހަރު އެޕްރީލު މަހު 25 ވަނަ ދުވަހު އެ ގައުމަށް އައި 8.1 މެގްނިޓިއުޑްގެ ބިންހެލުމުގައި 8 ހާސް މީހުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.