ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ފަތުރުވެރީން އައުން މަނާކުރަނީ

ހުރިހާ ގެސްޓު ހައުސްތަކާއި، ސިޓީ ހޮޓާތަކަށް ބޭރުގެ ފަތުރުވެރިން އައުން މިއަދު ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން ނޭދެވޭނެ ގޮތަށް ހަމަޖައްސަވައިފިއެވެ.

މިކަން މިގޮތަށް ނިންމެވީ ރާއްޖޭގެ ޢާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ޕަބްލިކްހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އޭނާއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މިއީ ކޮވިޑް-19 އެންމެން ސަލާމަތް ކުރެއްވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. މިގޮތަށް ހަމަޖެއްސެވިޔަސް މިހާރު އެ ތަންތަނުގައިތިބި މީހުންނަށް ފުލައިޓުތައް ހަމަޖެހި ފުރޭނެގޮތް ވަންދެން އެމީހުންނަށް އެތާގައި ތިބެވޭނެ ކަމަށެވެ. އެހެންނަމަވެސް އިތުރު ބިދޭސީ ފަތުރުވެރިއަކަށް އެއިން އެއްވެސް ތަނަކަށް ނުއެއްއާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުމަކީ ރާއްޖޭގައި މީހުން އުޅޭ އެއްވެސް ރަށަކަށް ބޭރުގެ ފަތުރުވެރިންނަށް ނޭރޭ ގޮތް ހެއްދެވުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އެގްތިސާދު ވަރަށް ބޮޑަށް ދަށްވެ ހީނަރުކަން ލިބޭނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުން ކޮވިޑް-19 އިން ސަލާމަތް ކުރެއްވުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވެސް ވިދާޅުވިއެވެ.

ޑިޕާޓުމެންޓް އޮފް ޕަބްލިކް ހެލްތުން ކުރިން ވަނީ މާލެއާއި މާލެ ސަރަހައްދުގެ ސިޓީހޮޓާތަކާއިމ ގެސްޓު ހައުސްފަދަ ތަންތަނަށް ފަތުރުވެރިންނަށް ނާދެވޭނެ ގޮތަށް ހައްދަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.