ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަށް ރުހުން ދީފި

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މިއަދުގެ ޖަލްސާގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ރުހުން ދިނުމަށް ފާސްކުރެއްވީ 68 މެންބަރުންގެ ޢިއްތިފާޤުންނެވެ.

ޖެންޑަރ މިނިސްޓަރ ކަމަށް އައިޝަތު މުހައްމަދު ދީދީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައްޔަން ކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ޝިދާތާ ޖެންޑަރ މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުން ނެގުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތައްޔާރުވަމުން ދަނިކޮށެވެ.

ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ޖެންޑރ މިނިސްޓަރ ކަން ކުރައްވާފަ އެވެ.  މިސަރުކާރުގެ ޖެންޑާ މިނިސްޓަރ ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ، އިންޑިއާ އަށް ރާއްޖޭން ކަނޑައަޅުއްވި ސަފީރުކަމުގެ މަޤާމުގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.