ކޮވިޑް -19 ގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން 212 މިލިއަން ރުފިޔާގެ ބަޖެޓެއް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް -19 ގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން 212 މިލިއަން ރުފިޔާގެ ބަޖެޓެއް ކޮވިޑް -19 ގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން 212 މިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިބަޖެޓަކީ އެއްވެސް ހިލޭ އެހީ އަކާ ނުލައި މިއަހަރުގެ ދައުލަލުގެ ބަޖެޓްގައި ކަނޑައަޅައިފައިވާ ކޮންޓިޖެންސީ ކޯޑުން ކަނޑައަޅައިފައިވާ  ބަޖެޓެއް ކަމަށް ކޮވިޑް 19 އާ ބެހޭ ގޮތުން ކަނޑއަޅައިފައިވާ ތަރުޖަމާނު މަބަރޫކް ޢަޒީޒު  ވިދާޅުވިއެވެ.

"މިއަކު ނިހިމެނޭ ރާއްޖެއިން ބޭރުގެ އެއް ވެސް އެހީއެއް. އެކި ޤައުމުތަކުން މިހާރު ދަނީ ރާއްޖެއަށް އެހީ ތެރިވަމުން" މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް – 19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު މިއަހަރު ދަށަށް ދާނެކަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ އިޤްތިޞާދަށް އަންނާނެ ހީނަރުކަމަށް، އެހީގެ ފެހި ސިގުނަލްތައް ލިބެމުން ކަމަށް ވެސް ކޮރޯނާ ވައިރަހާ ގުޅިގެން ޤައުމާ މުޚާތަބު ކުރައްވާ ރައީސް ޞާލިޙް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް- 19 އާ ގުޅިގެން ރާއްޖޭގައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފަ އެވެ. ރާއްޖޭގައި 13  މީހަކު ވަނީ މި ބަޔަށް ޕޮސިޓިވް ވެފައެވެ. އަދި ކުރިއަށް އޮތް ދެހަފްތާއަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.