އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ޕޮލިސް މިއުޒިއަމް އަށް ޒިޔާރާތްކޮށްފި

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ހިމަނައިގެން އެކްސެލް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ތުއްތު ދަރިވަރުން ދިވެހި ސަޤާފީ ހެދުމުގައި ޕޮލިސް މިއުޒިއަމަށް މިއަދު ޒިޔާރަތްކޮށް ޕޮލިސް މިއުޒިއަމް ބަލާލައިފިއެވެ.

މިއަދު ހެނދުނު އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ޕޮލިސް މިއުޒިމަށް ޒިޔާރަތްކޮށްފައިވަނީ ހެނދުނު 08:00 ގައެވެ. މި ޒިޔާރަތުގައި އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ޖުމްލަ 700 ދަރިވަރުންނާއި ގިނަ އަދަދެއްގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

ޕޮލޮސް މިއުޒިއަމްއަށް ކުރި ޒިޔާރަތުގައި ދަރިވަރުންނަށާއި މުދައްރިބުންނަށް ޕޮލިސް މިއުޒިއަމްގައި ޑިސްޕްލޭ ކުރެވުފައިވާ ފުލުހުންގެ ތާރީޚީ ތަކެއްޗާއި ،29 މާރިޗް 1933 ން ފެށިގެން ފުލުހުންގެ މުއަސަސާގެ ތަރައްޤީއަށް ލިބިފައިވާ ކުރިއެރުންތަކާއި، އަދި ޕޮލިސް މިއުޒިއަމްގަ ހުރި އެކިއެކި ޑިސްޕްލޭތައް ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ.

މި ޒިޔާރަތުގައި ފުލުހުންގެ ފަރާތުން އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ޕޮލިސް މިއުޒިއަމްތެރެ ދައްކަވާލެއްވީ ޕޮލިސް މިއުޒިއަމްގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.