އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސެލާއި ޕެޓްރޯލްގެ އަގު އެކުންފުނީން ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ޑީސެލް ލިޓަރެއް ކުރިން ވިއްކީ 10:89 ރުފިޔާއަށެވެ.  އަގު ހެޔޮ ކުރުމަށްފަހު މިހާރު ވިއްކާ އަގަކީ 10:39 ރުފިޔާއެވެ. އެއީ 50 ލާރީގެ އަގުހެޔި ކުރުމެކެވެ.

ޕެޓްރޯލް ލިޓަރަކުން ވަނީ 53 ލާރި އަގުހެޔޮ ކޮށްފައެވެ. ޕެޓްރޯލު އަގުހެޔޮ ކުރުމުން މިހާރު ވިއްކާ އަގަކީ 9:60 ރުފިޔާއެވެ. އަގުހެޔޮ ނުކުރަނީސް ވިއްކީ ލިޓަރެއް 10:13 ރުފިޔާއަށެވެ.

މި ބަދަލު އެސްޓީއޯއިން ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަރަށްބޮޑަށް ހެޔޮވުމާ ގުޅިގެންނެވެ. މިއީ ޑީސެލްގެ އަގު މިއަހަރު އެސްޓީއޯއިން ހެޔޮކުރި ދެވަނަ ފަހަރެވެ. އެކުންފުނީން ބުނީ މިދިޔަ އަހަރު ތިން ފަހަރެއްގެ މަތީން ޑީސެކްގެ އަގުހެޔޮ ކޮށްފައިވާނެ ކަމަށެވެ. މިއީ މިއަހަރު ޕެޓްރޯލްގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އެއްފަހަރު ވަނީ ޕެޓްރޯލްގެ އަގު ހެޔޮކޮށްފައި ކަމަށް އެސްޓީއޯން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.