ރައީސް ޓްރަމްޕްގެ ސަރުކާރުން ނޫސްވެރިން، މައުލޫމާތުދޭ ކޮޓަރިން ބޭރަށް ނެރެލައިފި

ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ގެންދަނީ

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހުކުރު ދުވަހު ބޭއއްވި ބައްދަލުވުމެއްގައި ބައިވެރިވާންދިޔަ އެތައް ނޫސްވެރިންނެއް މައުލޫމާތުދޭ ކޮޓަރިން ބޭރަށް ނެރެފިއެވެ. އޭގެތެރޭގައި ސީއެންއެން އާއި ނިއުޔޯކް ޓައިމްސް ފަދަ މަޝްހޫރު ނިއުސް ޗެނަލްތަކުގެ އިތުރަށް އެތައް ނޫސް އެޖެންސީތަކެއްގެ ނޫސްވެރިން ހިމެނެއެވެ.

ގިނަ އަދަދެއްގެ ނޫސްވެރިން ބޭރަށް ނެރުމަށްފަހު ނޫސްވެރިންނަށް އާއްމުކޮށް މައުލޫމާތުދޭ ބޮޑު ކޮޓަރީގެ ބަދަލުގައި ބައްދަލުވުން ބޭއްވީ ކުޑަ ކޮޓަރިއެއްގައެވެ. އެ ބައްދަލުވުމުގައި ބައިވެރި ކުރީ ސަރުކާރުގެ ރުހުން ލިބިފައިވާ ނޫސްވެރިންނެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާންދިޔަ އެތައްބަޔަކު ބޭރަށް ނެރުނު މައަސަލައާ ގުޅިގެން އެމެރިކާގެ އިތުރަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ނޫސްވެރިން ދަނީ އެކަމަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާގެ ރައީސްކަން ،ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވިފަހުން ރައީސް ޓްރަމްޕާއި ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުން ނޫސްވެރިންނަށް ފާޑުކިއުމުގެ އިތުރަށް ވަރަށް ބޮޑަށް ދުއްޕާން ކުރަމުންއެބަގެންދެއެވެ.

މައުލޫމާތު: ބީބީސީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.