ދުނިޔޭގައި މަގުމަތި ތޮއްޖެހުމުގެ މައްސަލަ އެންމެ ބޮޑީ ބެންގކޮކްގައި

އޮފީސް ނިމޭ ގަޑީގައި ނުވްތް މަސައްކަތުން މީހުން ނުކުންނަ ގަޑީގައި މަގުމަތީގައި އުޅަނދުފަހަރު ތޮއްޖެހި، ބާރު ބޮޑުވާ ގައުމުތަކުގެ ތެރެއިން އެންމެ ހައިޖާނު ބޮޑު ގައުމަކަށް ތައިލޭންޑް އަނެއްކާވެސް ހޮވިއްޖެއެވެ. މިއީ ތައިލެންޑަށް މި ދަރަޖަ ވިދިވިދިގެން ލިބޭ ދެވަނަ އަހަރެވެ. މިއީ ޖީޕީއެސް އުފައްދާ ކުންފުންޏެއް ކަމަށްވާ "ޓޮމްޓޮމް" އިން ކުރާ ދިރާސާއެއްގެ ނަތީޖާއެވެ.

މި ދިރާސާ ކުރުމަށްޓަކައި ދުނިޔޭގެ 48 ގައުމެއްގެ 390 ރަށެއްގެ ހާލަތު ބަލައެވެ. ތިރީގައި މި ވަނީ މި އަހަރުގެ ދަރަޖަތައް ތަރުތީބުންނެވެ.

  1. ބެންގކޮކް، ތައިލެންޑް
  2. މެކްސިކޯ ސިޓީ، މެކްސިކޯ
  3. ބުޗަރެސްޓް، ރޮމޭނިއާ
  4. ޖަކާޓާ، އިންޑޮނޭޝިއާ
  5. މޮސްކޯ، ރަޝިއާ
  6. ޗޮންގިންގ، ޗައިނާ
  7. އިސްތަންބޫލް، ތުރުކީ
  8. ސެއިންޓް ޕީޓަރސްބަރގް، ރަޝިއާ
  9. ޒުހައި، ޗައިނާ
  10. ސެންޓިއާގޯ، ޗިލީ
  11. ގޮންޒޫ، ޗައިނާ
  12. ޝިޖިއަޒުއާންގ، ޗައިނާ
  13. ޝެންޒެން، ޗައިނާ
  14. ލޮސް އެންޖަލްސް، އެމެރިކާ
  15. ބީޖިންގ، ޗައިނާ

ޓޮމްޓޮމްގެ އިސް ބޭފުޅެއް ކަމުގައިވާ ނިކް ކޯން ވިދާޅުވާ ގޮތުގައި ތައިލެންޑް ފަދަ ގައުމުތަކަށް ދިމާވެފައިވަނީ ތަރައްގީގެ މައްސަލައެވެ. އިގްތިސާދީ މައިދާނުގައި ހޯދާ ކާމިޔާބީގެ ސަބަބުން ކުރާ އެންމެ ބޮޑު އެއް ނޭދެވޭ އަސަރަކީ އާބާދީ އިތުރު ވުމެވެ. އޭގެ ސަބަބުން މަގުމައްޗަށް ކުރާ ބާރު ބޮޑު ވެގެން ދިއުމެވެ. ނިކް ކޯން އަކީ މަގުމަތީގައި އުޅަނދުފަހަރު ތޮއްޖެހުމާ ބެހޭ މާހިރެކެވެ.

މި ލިސްޓުގެ ދެވަނައިގައި މެކްސިކޯ އޮތް ނަމަވެސް މުޅި ދުވަހުގެ ހާލަތަށް ބަލާއިރު މެކްސިކޯ އަކީ ދުނިޔޭގައި މަގުމަތީގެ ތިޮއްޖެހުމުގެ މައްސަލަ އެންމެ ބޮޑު ގައުމެވެ. މެކްސިކޯގައި ބިމު އަޑިން ދުއްވާ ރޭލު ހުރެއެވެ. އެކަމަކު އެންމެ ބައިބޯ ހިސާބު ހިސާބަށް ނުވަތަ ތޮއްޖެހުމުގެ މައްސަލަ އެންމެ ބޮޑު ހިސާބަކަށް އެ ރޭލެއް ދަތުރެއް ނުކުރެއެވެ.

މި ދިޔަ އަހަރު މޮސްކޯ އޮތީ ލިސްޓުގެ ތަންކޮޅެއް ކުރީގައެވެ. މިއަހަރު ފަސްވަނައަށް އައީ އެ ރަށުގައި އެއްގަމު އުޅަނދުފަހަރު ޕާކު ކުރާނޭ ރަނގަޅު ގަވާއިދުުތަކެއް ގާއިމުކޮށް، ހިންގާން ފެށީމައެވެ.

އިސްތަންބޫލުގެ ހާލަތު މި ދިޔަ އަހަރަށްވުރެ ރަނގަޅު ވެފައި ވަނީ މަގުމަތި ތޮއްޖެހޭ މިންވަރާއި، ސަރަހައްދު، ދުއްވާ މީހުންނަށް އަންގައިދޭ ރަނގަޅު ނިޒާމަކަށް އަމަލު ކުރާން ފެށިމައެވެ.

މި ލިސްޓުގައި އޮތީ އެމެރިކާގެ ެންމެ ރަށެކެވެ. އެ ރަށުގެ ހާލަތު ދަށަށް ދާ ކަމަށް ޓޮމްޓޮމް އިން ވަނީ ފާހަގަ ކޮށްފައެވެ. (މަޢުލޫމާތު: ސީއެންއެން)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.