ޗައިނާއިން އައި ދެ ދިވެއްސަކު ކަރަންޓީނު ކުރުމަށްފަހު ދޫކޮށްލައިފި

ޗައިނާއިން ފުރައިގެން މިއަދު ރާއްޖެއަށް އައި ދެ ދިވެއްސަކު ކަރަންޓީނު ކުރުމަށްފަހު ދޫކޮށްލައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެ މީހުން ކަރަންޓީނުކުރީ 14 ދުވަހަށެވެ. މިހާރު އަމަލު ކުރަމުންދާ ގޮތުން ޗައިނާއިން އަންނަ މީހުންގެ ގައިން ކޮވިޑް 19 ގެ އަލާމާތެއް ނުފެނުނަސް 14 ދުވަހަށް ކަރަންޓީނު ކުރާނެއެވެ. އެމީހުން ދޫކޮށްލީ ކޮވިޑްގެ އަލާމާތެއް ނުފެނުމުންނެވެ.

"ޗައިނާއިން ފުރައިގެން އެނބުރި ރާއްޖެ އައި 2 ދިވެހިން، މިހާރު އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން 14 ދުވަހަށް ކަރަންޓީން ކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި،" އެޗުޕީއޭއިން ވިދާޅުވިއެވެ.

އެޗުޕީއޭއިން ވިދާޅުވީ ކޯވިޑް 19 ގެ އަލާމާތެއް ފެނިގެން ހޯމްއައިސޮލޭޝަންގައި ތިބޭއިރުވެސް ކޮޓަރިން ބޭރަށް ނުކުތުން ރަނގަޅު ނޫންކަމަށެވެ. ކޮންމެހެން ނުކުންނަށް ވެއްޖެކަމަށްވާނަމަ ރައްކާތެރި ފިޔަވަޅު އަޅައިގެން ނުކުތުން މުހިން ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ. އަދި އެގެއަކަށް ޒިޔާރަތް ކުރާ މީހުންނާ އެމީހަކު ބައްދަލުކޮށް ހެދުން ރަނގަޅު ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.