ކޮރޯނާއަށް ޝައްކުވި ދެމީހުންގެ ޓެސްޓުގެ ނަތީޖާ މާދަމާ ލިބޭނެ

ވ.ތިނަދޫ އާއި ކުރެއްދޫއިން ކޮރޯނާއަށް ޝައްކުވި ދެމީހުންގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީވަހީދު މިކަން ހާމަކުރެއްވީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެސްންސްގައެވެ.

ކުރެއްދޫއިން އެބައްޔަށް ޝައްކު ކުރެވިފައިވަނީ އެރިސޯޓުގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކަށެވެ. އޭނާއަށް ޝައްކު ކުރެވުނު ސަބަކީ އެރަށަށް އައިސް އުޅުނު އިޓަލީގެ ފަތުރުވެރިއަކު އެނބުރި ގައުމަށް ގޮސް އޭނާ ކޮރޯނާއަށް ޕޮޒިޓިވިކަން އަނގާފައިވާތީއެވެ. މި ޑޮކްޓަރުވަނީ އިޓަލީގެ ފަތުރުވެރިޔާ ކުރެއްދޫގައި ހުރިއިރު އޭނާއަށް ފަރުވާކުރުމުގައި ޙަރަކާތްތެރިވެފައެވެ. އެމީހާ މިހާރުވަނީ ކަރަންޓޫން ކުރަށް ކަމަށް ބެހޭފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު

ވ. ތިނަދޫންއިން ވެސް ޝައްކު ކުރެވިފައިވަނީ އިޓަލީގެ މީހަކަށެވެ. އޭނާ ވެސް މިހާރުވަނީ ކަރަންޓީނު ކުރެވިފައެވެ.

މި ނިއުސްކޮންފަރެންސްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޮރާނާއަށް މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށްވާނަމަ އޭނާ އައިސޮލޭޓް ކުރަނީ އެހެން މީހުން އެކަމުން ސަލާމާތްކޮށް އޭނާއަށް ވަކިން ފަރުވާދިނުމަށް ކަމަށެވެ. އެފަދަ މީހަކު އެއްވެސް ރަށަކުން ފެނިއްޖެނަމަ ވަގުތީ ގޮތުން އެރަށަށް އެހެން މީހުން އަރައިފޭބުންވެސް މަނާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ވ. ތިނަދުއާއި ޅ. ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މިހާރުވަނީ ވަގުތީ ގޮތުން މަނާ ކުރެވިފައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާރުވަނީ އިޓަލީން ރާއްޖެއަށްކުރާ ދަތުރުތައް ވެސް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފައެވެ. މިނިސްޓަރ ވިދާވީ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އަދި ޕެނިކަށްދާން ނުޖެހޭ ކަމަށް ވެސް ޢަލީ ވަހީދު ވިދާޅުވިއެވެ. ރާއްޖެ އަދި އޮތީ ވައިޓުއެލާޓުގައި ކަމަށް ވެސް ވިދާޅުވިއެވެ. މިބައްޔަށް ޝައްކު ކުރެވިގެން އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ތިބީ 6 މީހުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Noosveringe fenvaru engenee mikahala noos conference eh baavaaleema. Dhaulathuge magaamuthakuga thibi meehun thibee kiyavaagen dhaairaain kuru koas hadhaagen tho suvaalukuraa iru noosverinnakee koacheh kiyavaagen thibi baeh. Ahulaageh adhabehsadhabeh thibey baeh noon. Bodubalimadukame ge biru heevefa oiyiru karanteenu kuraa meehunge nan ahaagen noohuga nujehiyyaa noosverikan nukureveytha..kurukoas hadhanvee helth ministare noon. Noosverin.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.