ރާއްޖޭގައި ހުރި އިޓަލީމީހެއްގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ކަރަންޓީނު ކޮށްފި

ރާއްޖެއައި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އޭނާ އޭނާ ޓެސްޓް ކުރުމަށް ކަމާ ބެހޭ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗުޕީއޭ އިން ވިދާޅުވެއްޖެއެވެ.

އެމީހާއަކީ ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި މީހެއް ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ. ޓެސްޓް ކުރުމަށް ކަނޑައެޅިފައިވާ މަރުކަޒަށް އޭނާ ގެނެސް ޓެސްޓުކޮށް މޮނިޓަރ ކުރަމުންދާނެ ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޝައްކުކުރެވުނު އެއްވެސް މީހަކު މިހާތަނަށް އެބައްޔަށް ޕޮސިޓިވް ފެފައެއް ނުވެއެވެ. މިބަލި މީހާރު ވަނީ ދުނިޔޭގެ އަށްޑިހައަށް ވުރެ ގިނަ ގައުމަށްފަތުރިފައެވެ.

މިބަލީގައި މިހާތަނަށް ވަނީދުނިޔެއިން ތިންހާހަށްވުރެ ގިނަ މީހުން މަރުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.