މޫސުމީ ބަދަލުތަކަށްފިޔަވަޅު އެޅުމަށް ހިންގާ މަޝްރޫޢުތަކުގެ 35 ޕަސެންޓު ހޭދަކުރަނީ ދައުލަތުން: ޑރ. ޙުސައިން

މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމަށް މިހާރު ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ ގާތްގަނޑަކަށް 35% ޚަރަދުކުރަނީ ދައުލަތުންކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 'ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވަރކްޝޮޕް ފޯރ ދަ އައިލެންޑެ ސްޓޭޓްސް އިން ދަ އިންޑިއަން އޯޝަން' ގެ ނަމުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުން އިފްތިތާހު ކޮށްދެއްވަމުން ދެއްކެވި ވާހަކައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. އަބްދުﷲ ނަސީރު ވެސް ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރެއިން ރަށްގިރުމުގެ މައްސަލަ ވަރަށް ގިނަ ރަށްތަކަށް ދިމާވަމުންދާކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއް މި ނުރައްކަލުން ސަލާމަތްކުރުމަކީ އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ބޭރުގެ އެހީ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް އާއި ދިވެހިރާއްޖެ އާއި ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މިހާރު ތައްޔާރުކުރެވިފައިވާ 'އިންޑިއަން އޯޝަންސް ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ' ގެ ދެލިކޮޕީ ފާސްކޮށް، މިސްޓްރެޓްޖީ ތަންފީޒުކުރާނެ ޕްލޭނެއް އެކުލަވާލުމެވެ. މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމަތަކުގެ ތެރެއިން 5 ޤައުމަކުން ބައިވެރިވެއެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، މޮރިޝަސް، ސީޝެލްސް، ސްރީލަންކާ އަދި ކޮމޮރަސް ހިމެނެއެވެ.

މިނިސްޓްރީން ވިދާޅުވީ އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މާލީ ގޮތުންނާއި، ޓެކްނޮލޮޖީގެ ދާއިރާއިންނާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ބޭނުންވާނެ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ  މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ސެކެޓޭރިއެޓް އާއި ގުޅިގެން ހިންގަން ހަމަޖެހިފައިވާ  މަޝްރޫޢެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.