ސަރުކާރު ދެމިއޮންނާނީ ރައްޔިތުންގެ ލާބަޔަށް މަސައްކަތް ކުރުމުގައި: ހޫދު

ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމުގައި މިސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

މިސަރުކާރުގެ ހިންގުން ލަސްވެ މަޝްރޫޢުތައް މަދުކަމަށް އިދިކޮޅުންނާއި އެމްޑީޕީގެ ތެރެއިން ވެސް ބުނަމުންދާ ދުވަސްވަރެއްގައި ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން އެތައް މަޝްރޫޢެއް މިހާރުވެސް ހިންގަމުން ގެންދަވާ ކަމަށެވެ. އެއީ ސަރުކާރުގެ ދުވެލި ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހޫދު ވިދާޅުވެފައިވަނީ މިސަރުކާރުން މިހާރު 540 އަށްވުރެ ގިނަ މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިއަށް ގެންދާ ކަމަށެވެ. އެއީ ރެކޯޑެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 540 އަށްވުރެ ގިނަ މަޝްރޫޢު ފަށައި އެކި މަރުޙަލާގައި ހިންގާފައިވާކަމީ، މި ސަރުކާރުގެ ދުވެލި ހާމަކޮށްދޭ މިސާލެއް. އެއީ ރެކޯޑެއް. ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގައި ސަރުކާރުން މިގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެ،" ހޫދު ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގައި ލަސްކަމެއް އުޅޭ ފާޑުކިޔުމުން އެމްޑީޕީގެ ބައެއް މެމްބަރުން ބުނެފައިވަނީ ލަސްވާނަ ލަސްކަމެއް ދިމާވެފައިވަނީ ކޯލިޝަންގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ކޯލިޝަން ރޫޅާލަންޖެހޭ ކަމެއް އެފަދަ މެމްބަރުން ދަނީ ގޮވާލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.