ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑުން ހިންގާ އެއްވެސް ޙަރަކާތެއް ބައިވެރިނުވުމަށް އިލްތިމާސް ކޮށްފި

ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑުން ރާއްޖޭގައި ހިންގާ އެއްވެސް ޙަރަކާތެއް ބައިވެރިނުވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.

އެމިނިސްޓްރީން މިކަމަށް އިލްތިމާސް ކުރެއްވީ "ފައުންޑޭޝަން ފޯރ އަ ސްމޯކް ފޮރ ވޯރލްޑް" އިން، ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަޙައްދީ ބައެއް ޖަމާޢަތްތަކާ ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގައާއި، ސީ.އެސް.އާރު ޙަރަކާތްތަކުގެ ނަމުގައާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ޙަރަކާތްތައް ހިންގައި، އަދި ހިންގުމަށް ރާވަމުން ދާ ކަމަށް ވިދާޅުވެ ނެރުއްވި ބަޔާނެއްގައެވެ.

"ދުންފަތަކީ، ކޮންމެ ގޮތަކަށް ތައްޔާރުކޮށް ކޮންމެ ގޮތަކަށް އަދި ކޮންމެ މިންވަރަކަށް ބޭނުން ކުރި ނަމަވެސް އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅޭ މައިގަނޑު އެއް ސަބަބަށް ވީހިނދު، ދުންފަތުގެ އެއް ބާވަތް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމަށް ނުވަތަ ގެއްލުން ކުޑަކަމަށް ދެއްކުމަށް ދުންފަތުގެ ސިނާޢަތުންކުރާ މަސައްކަތަކީ ސައިންޓިފިކް ގޮތުން ސާބިތު ނުހިފޭ އަދި ދުންފަތުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރެވޭ މަސައްކަތެކެވެ." އެބަޔާނުގައި މިނިސްޓްރީން ވިދާޅުވެފައިވެފައިވެއެވެ.

ދުންފަތުގެ ސިނާޢަތުގެ މަޤްޞަދުތަކާ ޙަރަކާތްތަކަކީ، އާއްމު ޞިއްހަތު ރައްކާތެރިކުރުމުގެ މަޤްޞަދުތަކާ މަޞްލަޙަތު ފުށު އަރާ ކަމެއް ކަމަށް އ.ދ ގެ ޢާއްމު މަޖިލީހުން ވެސް ވަނީ ކަނޑައަޅާފައި ކަމަށް އެބަޔާނުގައިވެއެވެ.

އަދި ހަމަ އެހެންމެ ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި، "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ" (އެފް.ސީ.ޓީ.ސީ) ގެ 5.3 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، އެ

ދުންފަތުގެ ސިނާޢަތުގެ މަޤްޞަދުތަކާ މަސްލަޙަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާ "ފައުންޑޭޝަން ފޮރ އަ ސްމޯކް ފްރީ ވޯރލްޑް" އަކީ ދުންފަތުގެ ސިނާޢަތުގެ މާލީ އެހީގައި މަސައްކަތް ކުރާ ޖަމްޢިއްޔާ އެއްކަމަށް ޑަބްލިޔުއެޗުއޯއިން ވެސް ވަނީ ކަނޑައަޅާފައި ކަމަށް އެބަޔާނުގައިވެއެވެ. އެޖަމިއްޔާއަކީ "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ" މިންގަނޑުތަކާ ވެސް ޚިލާފަށް ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. އެހެން ކަމުން އެ ޖަމްޢިއްޔާއާ ބައިވެރިވެގެން ދުންފަތް ކޮންޓްރޯލް ކުރުމުގެ އެއްވެސް ދައުރެއް އަދާ ނުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެ ޖަމްޢިއްޔާގެ މާލީ އަދި ފަންނީ ވަޞީލަތްތައް ބޭނުން ކޮށްގެން ނުވަތަ މި ޖަމްޢިއްޔާގެ ބައިވެރިވުމާއެކު، ދިވެހިރާއްޖެ އަކީ މުޢާހަދާގެ މެމްބަރު ޤައުމެއް ކަމުން މިފަދަ އެއްވެސް ޙަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ އެއްބާރުލުން ދީގެން ނުވާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

"އެ ފައުންޑޭޝަން އިން ހިންގާ ޙަރަކާތް ތަކަކީ، ސަރުކާރުން އެކަމާ ކަންބޮޑުވާ އަދި ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތާ ސީދާ މަސްލަޙަތު ފުށު އަރާ ކަމެއް ކަމުގައިވާތީ، ފައުންޑޭޝަން ފޯރ އަ ސްމޯކް ފްރީ ވޯރލްޑް އިން، ނުވަތަ އެ ފަރާތާއި ބައިވެރިވެގެން ނުވަތަ އެފަރާތުގެ މާލީ އަދި ފަންނީ އެހީގައި ހިންގާ އެއްވެސް ޙަރަކާތެއްގައި، އެއްވެސް ފަރާތަކުން އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށާއި، މިފަދަ ކަމެއްގެ މަޢުލޫ މާތު ލިބިވަޑައިގެންފިނަމަ ލަސްނުކޮށް މި އެޖެންސީއަށް ރިޕޯރޓު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ." އެބަޔާނުގައި ވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.