ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ޙަވާލު ކުރައްވައިފިއެވެ.

މިމަސައްކަތް އެމްޓީސީސީއާ ޙަވާލު ކުރެއްވީ 375 ދުވަސްތެރޭގައި ނިންމާ ގޮތަށް 65،143،884.09 ރުފިޔާއަށެވެ.

މި މަޝްރޫގެ ދަށުން 114 މީޓަރު ބޮޑުހިލައިގެ ނެރު ފައިކަށި ޖެހުމާއި، 25 މީޓަރު ގްރޮއިން ޖެހުމާއި،  742 މީޓަރު އެއްގަމު ތޮށި ލުމާއި، 624 މީޓަރު ރިވެޓުމެންޓު ޖެހުމާއި، ބަނދަރުގައި 36 ބައްތި ޖެހުން ހިމެނެއެވެ. އަދި 2250 ސްކެއަރ މީޓަރު ޕޭމަންޓު ގާއިމްކުރުމާއި، 12 މޫރިންގް ބްލޮކު ޖެހުމާއި، ދެ ނެރު ބައްތި ޖެހުމާއި، ބަނދަރު ފުންކުރުމާއި، އެއް ރޭމްޕު ހެދުމާއި، އެއް ކޮންކްރިޓު ބުރިޖު އެޅުން ހިމެނެއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރެއްވީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް ޢާޒިމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.