ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ ނާއިބު މުޙައްމަދު ޝާތިރު އޮފީސްތެރޭގައި ނައްޓަވާ ވީޑިއޯއެއް އާންމުވެ ފާޑުކިޔުން އަމާޒުވުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް އެމިނިސްޓްރީގެ މިނިސްޓަރ މުޙައްމަދު މަލީހު ވިދާޅުވެއްޖެއެވެ.
"މިހާރު" ނޫހަށް މަޢުލޫތު ދެއްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ އެއީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަމަކުރަން އޮންނަ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. އެހެންވެ އެފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް މިހާރުވާނީ ޝާތިރަށް ލިޔުމުން އަންގަވާފައި ކަމަށް މިނިސްޓަރ ވިދާޅުވެފައިވއެވެ.
އެކަން ހިނގާފައިވަނީ ރަސްމީ ގަޑީގައި ނޫންކަމަށް ވިޔަސް އެކަން އެގޮތަށް ހިނގީތީ ހިތާމަ ކުރައްވާ ކަމަށާއި އޮފީސްތެރޭގައި އެގޮތަށް ޢަމަލު ބެހެއްޓެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ޝާތިރު ނައްޓަވަމުން ގެންދެވިއިރު އެމަންޒަރު ބަލަން އެމިނިސްޓްރީގެ ބައެއް މުވައްޒަފުންތިބި ތަން ވެސް ވީޑިއޯއިން ފެނެއެވެ. މިކަމާ ގުޅިގެން ޝާތިރުގެ ބަހެއް ހޯދަން އޭނާގެ ފޯނަށް ގުޅިއިރު ވަނީ ފޯން ނިއްވާލައްވައިފައެވެ.
ޝާތިރުގެ މި ޢަމަލަށް ސޯޝަލް މީޑީއާގައި ގިނަ ފާޑުކިޔުންތަކެއް ވަނީ ރައްދުވާން ފަށައިފައެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅުކަމެއް ކަމަށް ދެކޭ މީހުންވެސް އެބައުޅެއެވެ. ބޮސީ ވެގެން ތިއްބެވުމުގެ ބަދަލުގައި އެގޮތަށް ނައްޓަވައި ހެއްދެވުމުން ގުޅުން ބަދަހިވާނެ ކަމަށް ވެސް ބައެއް މީހުންވަނީ ބުނެފައެވެ.
ޝާތިރަކީ މަޝްހޫރޫ ލިޔުއްވުންތެރިއެކެވެ. ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެކެވެ. ކުރީގެ މަޝްހޫރު ނޫސްވެރިއެކެވެ. އެންމެފަހުން އޭނާ ހުންނެވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރޖެނެރަލް ކަމުގެ މަޤާމުގައެވެ.
Saathir e kuree molhu kameh. Eygen e bune dhenee molhu medical doctor eh Education ministry ah leema vaane goi s
Neshun ei stress filaadhaa kameh kamuga dhiraasaa kura faraaithakun ihthifaagu