ހެންވޭރު ކާނިވާ ސަރަހައްދުން ޕާކިން ޒޯންތަކެއް ކަނޑައަޅައި އެތަންތަން ކުއްޔަށް ދިނުމަށް މާލޭ ސިޓީކައުންސިލުން ނިންމަވައިފިއެވެ.
މާލޭ ސިޓީކައުންސިލުން ވިދާޅުވެފައިވަނީ އެސަރަހައްދުން ވަނީ ޕާކުކުރުމަށް 52 ސޮލޮޓެއް ޚާއްސަ ކުރައްވައިފައެވެ. މިއީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ޚާއްސަކޮށްފައިވާ ޒޯންތަކެކެވެ. އެތަނުން ކޮންމެ ސްލޮޓެއް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މަހަކު ތިން ހާސް ރުފިޔާއަށް ކަމަށް ވެސް މާލެ ސިޓީން ވިދާޅުވެފައިވެއެވެ.
އެ ތަންތަނަށް ކުއްޔަށް ހިފުމަށް ބޭނުންވާ މީހުންނަށް މިހާރުވަނީ އެކަމަށް އެދި ހުށަހެޅުމަށް މުއްދަތެއް ދެއްވައި ފުރުސަތު ހުޅުވާލައްވައިފައެވެ. އެ ފުރުސަތު ހުޅުވާލައްވާފައިވަނީ ފެބުރުއަރީ 23 އިން މާރިޗު އެކެއްގެ ނިޔަލަށް ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އެޒޯންތަކަށް އެދި ހުށަހެޅުމަށް ހަމަޖައްސަވާފައިވަނީ އެކަމަށް އެދި ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ ޚާއްސަ ފޯމަކުން ކަމަށް ވެސް އެކައުންސިލުން ވިދާޅުވިއެވެ. އެ ފޯމު ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު ސިޓީ ކައުންސިލުން ލިބެންހުންނާ ކަމަށް އެތަނުން ވިދާޅުވިއެވެ. ކައުންސިލުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފޯމް ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. ފޯމާއެކެ ހެންވޭރު ކާނިވާ ސަރަހައްދު ޕާކިން ޒޯން ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.