މަމަރުކަޒު ކޮށްލުމުގެ ވިސްނުމަކީ ރާއްޖޭގެ ތަރައްޤީ އަށް އެޅިފައިއޮތް ބޮޑު ހުރަހެއް: ރައީސް

މަރުކަޒު ކޮށްލުމުގެ ވިސްނުމަކީ ރާއްޖޭގެ ތަރައްޤީ އަށް އެޅިފައިއޮތް ބޮޑު ހުރަހެއް ކަމަށް ރައީސުލްޖުމުހުއްރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސަލިޙް ވިދާޅުވީ، ތަރައްޤީގެ މަޝްރޫއުތައް މަރުކަޒީ އުސޫލުން ހިންގުމުގެ އެންމެ ހިތި ނަތީޖާ ފެންނަން އޮތީ މާލެއިން ކަމަށެވެ. އެގޮތުން ތޮއްޖެހުމާއި އިޖްތިމާއީ މައްސަލަތަކުގެ ހާއްޔަކަށް މާލެ ވެފައިވާ ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ، މާލެއަށް ވެސް އޮތް އެންމެ ބޮޑު ހައްލަކީ ލާމަރުކަޒު ކުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްޤީގެ ނަމުގައި ކުރަމުން އައި ކަންކަމުން ރައްޔިތުންނަށް އޭގެ ފައިދާ ނުލިބި މާލެއަށް ލިބެމުން އައި ނިކަމެތިކަން ތަރައްޤީ ކަމުގައި ދައްކާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ހިއްތަކުގައި އަތޮޅު ތަރައްޤީ އަދި ރަށު ތަރައްގީއަށް އޮތް އުންމީދު ފަނޑު ކޮށްލި މިވިސްނުމަކީ ރާއްޖޭގެ ތަރައްޤީ އަށް އެޅިފައިވާ ބޮޑު ހުރަހެއް ކަމަށެވެ. އަދި މިކަންކަމަށް ހައްލު ހޯދައިދެވެން އޮންނަނީ މާލެއަށް ވެސް ހައްލު ހޯދައި ދެވިގެން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްފަހަރާ ބޭއްވި މިޖަލްސާގައި އެމްޑީޕީ އަށް ނިސްބަތްވާ އެރަށެއްގެ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ވަނީ ދައްކާލާފައެވެ. އަދި މިޖަލްސާ ތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 53 ހާހަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެމްޑީޕީން ބުނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.