"އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" އަކީ 2017 ވަނަ އަހަރުގެ ޝިޢާރު ކަމުގައި ކަނޑައަޅުއްވާ، އެ ޝިޢާރު ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަޖައްސަވައިފިއެވެ. މިގޮތަށް އެމަނިކުފާނު މި އަހަރުގެ ޝިޢާރު ކަނޑައެޅުއްވީ މި ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރުގައިވާ ފަދައިން ދިވެހިރާއްޖެއަކީ ފުދުންތެރި ވިޔަފާރިއަށް ފަހި މާޙައުލެއް އޮތް ޤައުމަކަށް ހެއްދެވުމަށް ކުރައްވަމުންދާ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމުގެ މަޤްޞަދުގައެވެ. މިގޮތުން، ފެބުރުވަރީ 15 ވަނަ ދުވަހުންފެށިގެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި މިޝިޢާރު ބޭނުން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.