ދިރާގު ނެޓްވަރކް ޚިޔާރު ކުުރުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ނެޓްވަރކް ޚިޔާރު ކުރުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ މޮބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭނޭ ކަމަށް ދިރާގުން ބުނެފިއެވެ. ދިރާގު ޚިޔާރު ކުރުމަށް، މިހާރު ގެންގުޅޭ ނަންބަރު ބަދަލު ކުރުމަކާ ނުލައި ދިރާގު ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ޚިދުމަތެއް ނެގޭނެއެވެ.

މިއީ ދިރާގުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ދިރާގު މޮބައިލް ޕޯސްޓްޕެއިޑް ނަގައިގެން 6 މަސް ދުވަސް ވަންދެން 2 ޖީބީ ގެ ޑޭޓާ ހިލޭ ލިބޭނެއެވެ. އަދި 3 މަސް ދުވަސް ވަންދެން މަހު ފީ އިން %25 ޑިސްކައުންޓް ލިބޭނެއެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް ނަންގަވާ ކަސްޓަމަރުންނަށް 6  މަސް ދުވަސް ވަންދެން ކޮންމެ މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެ އެވެ.

މި ޕްރޮމޯޝަނުގައި އަލަށް ދިރާގުގެ މޯބައިލް ކަނެކްޝަނެއް ނަގާ ކަސްޓަމަރުން ވެސް ހިމެނޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.