މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް ކުރީގެ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ނިންމަވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަމާނާ މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ނިންމެވީ އެންމެފަހުން އެމަގާމުގައި އިންނެވި ޝިދާތާ ޝަރީފް މިއަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެކަމަނާގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އާއިޝަތު މުހައްމަދު ދީދީ އަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް މިނިސްޓަރު ކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެކަމަނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ ރާއްޖެއިން އިންޑިއާއަށް ކަނޑައްޅާފައި އިންނަވާ ސަފީރުގެ މަގާމެވެ. އެކަމަނާއަކީ އައްޑޫ ސިޓީ ހިތަދޫ ބޭފުޅެކެވެ.