ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ޖުރުމާނާ ކޮށް ހުކުމް ކޮށްފި

ރާއްޖެ ޓީވީގެ ދެ ނޫންވެރިން ކަމަށްވާ ލީވާން ޢަލީ ނާސިރާއި މުޙައްމަސު ވިސާމް 28800 ރުފިޔާއިން ޖުރުމާނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި ދެ ނޫސްވެރިންގެ މައްޗަށް އުފުލާފައި އޮތް ދައުވާ އަކީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ. މީގެ ކުރީގެ އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ވަނީ އެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވާ ކަމަާށެވެ. އެޔާއެކު ގާނޫނީ ވަކީލުން ވަނީ އެންމެ ކުޑަ އަދަބެއް ދެއްވުމަށެވެ.

މިއަދު ދެ ނޫސްވެރިން ކުރި ޖުރުމާނާ ދައްކަން ދީފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތެވެ.

ވިސާމާއި ލީވާންގެ ގާނޫނޫ ވަކީލުން ވިދާޅު ވެފައި ވަނީ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.