ޔަޙްޔާ އެންމެ ފަހުން ވެރިކަމުން ދުރުވެވަޑައިގެންފި

ވެރިކަން ދޫނުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ގެމްބިޔާގެ ރައީސް ޔަހްޔާ ޖާމޭ އެންމެ ފަހުން ވެރިކަން ދޫކޮށްލެއްވުމަށްފަހު ގައުމު ދޫކުރައްވާ ފުރާވަޑައިގެންފިއެވެ. ޖާމޭ އީކުއެޓޯރިއަލް ގިނީ އަށް ދަތުރު ކުރެއްވުމަށްޓަކާ މަތިންދާބޯޓަށް އަރާވަޑައިގަންނަވާތަން ފެންނަ ވީޑިއޯތައް ވަނީ ވަރަށް ބާރަށް އާންމުވެގެން ގޮސްފައެވެ.

ގެމްބިޔާގައި ޑިސެމްބަރުމަހު ބޭއްވި އިންތިޚާބުން ޖާމޭ ވަނީ ބަލިވެ ވަޑައިގެންފައެވެ. އެހެންނަމަވެސް ވެރިކަމުގެ ދައުރު ހަމަވިއިރުވެސް ވެރިކަން ދޫނުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ޔަހްޔާ ޖާމޭ ގަދަކަމުން ދުރުކޮށް، އިންތިޚާބު ކާމިޔާބް ކުރެއްވި އަދަމާ ބަރޯ އާ ވެރިކަން ހަވާލުކުރުމުގައި އަވަށްޓެރި ގައުމުތަކުން އިސްދައުރެއް އަދާކޮށްފައި ވެއެވެ. ބަރޯ މިވަގުތު ހުންނެވީ ސެނެގޯލް ގައެވެ. އަދި ދާދި އަވަހަށް ގައުމަށް އެބުރި ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އޭނާ ރައީސް ކަމުގެ ހުވާކުރެއްވީވެސް ސެނެގޯލްގައި ހުންނަވައިގެން ކަމަށް ޚަބަރުތައްބުނެއެވެ. އަދަމާ ބަރޯ އަށް ވެރިކަން ހޯދާ ދިނުމަށް ގެމްބިޔާއަށް ޖަމާކުރެވުނު އަސްކަރީ ބާރުތަކުގެ ދައުރު މިހާރު ނިމިފައިވާކަމަށާ ނަމަވެސް ސަލާމަތީ ކަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެވެސް އަދަދަކަށް ބޭރުގައުމުތަކުގެ ސިފައިން ބޭތިއްބޭނެކަމަށް ޚަބަރުތައްބުނެއެވެ.

ވެރިކަމުގައި ބާވީސް އަހަރަށް ފަހު ޔަހްޔާ ޖާމޭ ގައުމުދޫކުރައްވާ ގިނީއަށް ފުރަތަމަ ވަޑައިގެންނެވި ނަމަވެސް ގިނީއިން އަދި އިތުރު ގައުމަކަށް ބަދަލުވެވަޑައިގަންނަވާނެ ކަމަށް ދަނީ ބެލެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.