އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި ތޭވީސް މީހުން މަރުވެއްޖެ

އިންޑިޔާގެ އަންދްރަޕްރަދޭޝް ސްޓޭޓް ގައި ރޭލެއް ދަގަޑު މަތިން ނެއްޓި، ރޭލުފުރޮޅާލުމުގެ  ސަބަބުން ތޭވީސް މީހުންމަރުވެ އިތުރު އެތައްބަޔަކަށް އަނިޔާތައް ލިބިއްޖެއެވެ. ހޮނިހިރު ދުވަހުގެރޭއިރާކޮޅު ހިގި މިހާދިސާގައި ރޭލުގެ އިންޖީނުގެ އިތުރުން ހަތް ކޮމްޕާޓްމަންޓެއް ދަގަޑުމަތިން ނެއްޓި ފައިވެއެވެ. ފުރޮޅާލާފައިވާ ބައިތަކުގައި އަދިވެސް ބަޔަކު ތާށިވެފައިވާކަމަށާ ، މަރުވާ މީހުންގެ އަދަދު އަދިމައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް އޮފިޝަލުންނާހަވާލާދީ ލިވޭ ޚަބަރުތައް ބުނެއެވެ. ޖަގްދާލްޕޫރުން ފުރައިގެން ބުބަނޭޝްވަރަށް ދަތަރުކުރި ރޭލު ދަގަޑުމަތިން ކައްސާލަން ދިމާވި ސަބަބު އަދި ސާފުނުވާކަމަށް ޚަބަރުތައްބުނެއެވެ.

ރޭލު އެކްސީޑެންތްތައް ހިގުމަކީ އިންޑިޔާގައި އަލަށް ހިގާކަމެއްނޫނެވެ. އުއްތަރު ޕްރަދޭޝްގައި މިދިޔަނޮވެމްބަރުމަހުހިގި މިފަދަ ރޭލް އެކްސީޑެންޓެއްގައި ސަތޭކަ ސާޅީސް މީހުން މަރުވެފައިވެއެވެ. ދެހާސް ފަނަރަވަނަ އަހަރުގެ މާރޗް މަހު ، ހަމަ އުއްތަރު ޕްރަދޭޝް ގައި ހިގި ރޭލް އެކްސީޑެންޓެއްގައި ތިރީސްނުވަމީހުން މަރުވެ ސަތޭކަފަންސާސް މީހުންނަށް އަނިޔާވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.