އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީ ޕްރައިމަރީ ފެބުރުއަރީގައި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީ ފެބުރުއަރީ 7 ގައި ބާއްވާނެ ކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

އެޕާޓީން މިހާރު ވަނީ މިމަހު 26 ވަނަ ދުވަހު ޕްރައިމަރީ އިއުލާން ކުރައްވައި ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައްވައިފައެވެ. ޕްރައިމަރީގައި ވާދަކުރަން ހުޅުވަލި ފުރުސަތުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 30 ގައެވެ. އަދި ކެންޑިޑޭޓުންގެ ލިސްޓު ފެބުރުއަރީ 1 ވަނަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް ވެސް އެޕާޓީން ވިދާޅުވެފައިވެއެވެ.

އެމްޑީޕީން ވިދާޅުވެފައިވަނީ ވޯޓާސް ލިސްޓު މިއަދު އާއްމު ކުރައްވާނެ ކަމަށެވެ.

ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އެމްޑީޕީން ގެންދަވަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންތިޚާބަށް ކެންޑިޑޭޓުން ތައްޔާރު ކުރުމާއި ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން އެޕާޓީން ވަނީ މިމަހު 23 އިން 25 އަށް މުޅި ރާއްޖޭގައި ވޯކްޝޮޕްތަކެއް ބާއްވައިފައެވެ. މި ވޯކްޝޮޕްތައް ބޭއްވީ އެޖެންޑާ 19 ރަށަށް ގެ ނަމުގައެވެ. ލޯކަލްކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ހަމަޖައްސަވާފައިވަނީ ޖެނުއަރީ 31 އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.