ފައިތިލައާއި ފުންނާބު މަޑުކޮށް، ރީތިކޮށް ބަހައްޓާން ބޭނުންތަ؟

ރީތިވާން މަސައްކަތް ކުރާއިރު ބައެއްފަހަރު ސަމާލުކަން ދެވެނީ މޫނަށާއި އިސްތަށިގަނޑަށެވެ. އެހެން ނަމަވެސް ހަށިގަނޑުގެ ކޮންމެ ބަޔަކީވެސް ރީތިކޮށް ބަލަހައްޓަން ޖެހޭ ގުނަވަނެކެވެ. ބައެއް ފަރުވާއަކީ ސެލޯންއަކަަށް ނުގޮސް ގޭގައި އަމިއްލައަށް ދެވިދާނެ ފަރުވާއެވެ.

ފުންނާބު ކުރަކިވެ، ފަޅަައިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެެކެެވެ. ތިރީގައިމިވަނީ ފައިތިލަ އާއި ފުންނާބު ރީތިކޮށް، ބަލަހައްޓާން އަމިއްލައަށް ގޭގައި ދެވިދާނެ ފަރުވާއެކެވެ.

ބޭނުންވާ ތަކެތި:

  • 5 މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ
  • ޝަވަރ ޖެލް
  • ތެޔޮ ފޮދެއް (ލެވެންޑަރ، އޮރެންޖް، އާމންޑް)

ބޭނުންކުރާނެ ގޮތް:

  1. ފައިތިލަ ހޫނު (ތާފަނާ) ފެނަށް ލައިގެން ފަސް މިނިޓު އިންނާށެވެ. ބޮޑަށް ރަނގަޅީ އާވިން ހޫނުކުރުމެވެ.
  2. ޝަވަރ ޖެލްގެ ތެރެއަށް ތެޔޮ ފޮދާއި، ބޭކިން ސޮޑާއަޅައިގެން ޕޭސްޓަށް ވަންދެން އެއްކުރާށެވެ. ފައިތިލައިގައި ޕޭސްޓު އުނގުޅަމުން މަޑުމަޑުން މަސާޖުކުރާށެވެ.
  3. ފުންނާބު މާބޮޑަށް ކުރަކިކަމުގައިވާނަމަ ބުރުހަކުން އުނގުޅާށެވެ.
  4. ރަނގަޅަށް މަސާޖު ކުރުމަށްފަހު އިރުކޮޅަކުން ފައި ދޮންނާށެވެ. އަދި މޮއިސްޗަރައިޒިންގް ކްރީމެއް އުނގުޅާށެވެ.

ބޭކިންގ ސޮޑާއަކީ ކުރަކިވެފައި ހުންނަ ފައިތިލައިގެ ހަމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. އަދި ފައިން ނުބައިވަސް ދުވާ މީހުންނަށްވެސް ރަނގަޅު ފަރުވާއެކެވެ. ވަރަށް އަވަހަށް ފައިތިލައިގެ ހަމުގެ ކުރަކިކަން ފިލައި، އޮމާންވެ މަޑުވާނެއެވެ. ބޭކިންގ ސޮޑާއަކީ ފަންގަލް އިންފެކްޝަނަށްވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ.

ފަރުވާ ފަށާތާ ދެހަފުތާ ތެރޭގައި ނަތީޖާ ފެންނާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.