ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކެއް ބުރުނީ ގެއަކުން ނަގައިފި

ބުރުނީގައި ހުންނަ އާސާރީ މިސްކިތެއް

ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ފޮތްތަކެއް ތ. ބުރުނީ ގެ އަކުން ނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ ބުރުނީގެ އެގެ ބަލައި ފާސްކުރީ ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ފޮތްތަކުގެ އިތުރުން އެކަމަށް ބޭނުންވާ އެހެނިހެން ސާމާނު ވެސް އެގޭގައި ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެންނެވެ. ފުލުހުން އެގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެންނެވެ. އެ ގެ ބަލައި ފާސްކުރިއިރު، ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކެއް ފެނިފައިވާ ކަމަށާއި އެ ފޮތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފޮތްތަކެއް ހޯދިޔާސް އެކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް މީހަކު ބަންދުކޮށްފައެއް ނުވެއެވެ. ރާއްޖޭގެ ބައެއް ރަށްރަށުން ދޭތެރެދޭތެރެއިން ފުލުހުން ގެންދަނީ މިޒާތުގެ ފޮތްތައް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.