އެޑިޔުކޭޝަނުން ހިންގި ދަސްވާރު ޕްރޮގްރާމް ހުއްޓާލައިފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުންގަމުން ގެންދެވި ދަސްވާރު ޕްރޮގްރާމް ހުއްޓާލައްވައިފިއެވެ. އެ ޕްރޮގްރާމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ ސަރުކާރުން ސްކޫލް ކުދިންނަށް ޚާއްސަކުރައްވައިގެން ފެއްޓެވި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ހުއްޓަވައިލެއްވީ އޭހެ ސަބަބުން ގިނަކުދިން ތައުލީމުން ބާކީވެ އޭގެ ފައިދާއަށްވުރެ ބޮޑަށް ނޭދެވޭ އަސަރު ކުރަމުންދާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެ ޕްރޮގްރާމް ޚާއްސަ ކުރެއްވީ ތައުލީމީގޮތުން ދަށް ކުދިންނަށެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންގެ ގައިގައި މަސައްކަތަށް ބޭނުންވާ ފެންވަރަށް ތައުލީމާއި ނިއުމަރަސީ ނެތުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ވެސް އެކުދިންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެޑިޔުކޭޝަނުން ވިދާޅުވިއެވެ. އެޑިޔުކޭޝަނުން އާއްމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށް ވެސް ސްކޫލް ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތައުލީމު ލިބިދިނުން ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ ގްރޭޑު 19 ގައި ވެސް ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވެވޭކަން ކުދިންނަށް އެނގުމުން ދަށްގުރޭޑު ތަކުގައި ކިޔެވުމަށް ސަމާލުކަން ދިނުން ކުޑަވާ ކަމަށެވެ. އަދި އެސްޓްރީމަށް ދަރިވަރުން ލެވިފައިވަނީ އެންމެ އެދެވޭ ގޮތުގައި ނޫންކަމަށް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.