މައިކަލް ޖެކްސަންގެ "ސްމޫތް ކްރިމިނަލް" އަކީ އޭނާޔާ ބެހޭ ގޮތުން ހެދި ލަވައެއް ކަމަށް އަންހެނަކު ދައުވާ ކޮށްފި

މައިކަލް ޖެކްސަންގެ "ސްމޫތް ކްރިމިނަލް" އަކީ އޭނާއާ ބެހޭގޮތުން ހަދާފައިވާ ލަވައެއް ކަމަށް އަންހެނަކު ދަޢުވާކުރާކަމަށް އޭނާގެ ދަރިފުޅު ބުނެފިއެވެ. ޑރ. ފިލް ގެ ޝޯގައި ވާހަކަ ދައްކަމުން އަކީޔާ ކިޔާ އަންހެނަކު ބުނީ އެނާގެ މަންމަ ޤަބޫލުކުރާގޮތުގައި "ސްމޫތު ކްރިމިނަލް" އޭނާގެ ދިރިއުޅުމާ ގުޅޭގޮތުން ހަދާފައިވާ ލަވައެކެވެ.

ސްމޫތު ކްރިމިނަލްގައި ސިފަކޮށްދީފައިވަނީ އެޕާޓްމެންޓެއްގައި ވަރަށް އަނިޔާވެރިކޮށް ޙަމަލާދެވުނު އެނީ ކިޔާ އަންހެނެއްގެ ވާހަކައެެވެ. އަކީޔާގެ މަންމަގެ ނަމަކީ އެނީ އެވެ. އަކީޔާ ބުނިގޮތުގައި އޭނާގެ މަންމައަށް މީގެ 30 އަހަރު ކުރީން މީހަކު އަނިޔާކޮށްފައިވާކަމަށް މަންމަ ބުނެއެވެ. އޭނާއަށް ދިމާވީ ލަވައިގައި ބުނާގޮތަށް ކަމަށް އޭނާ ބުނާ ކަމަށް އަކީޔާ ބުންޏެވެ. އަދި މައިކަލް ޖެކްސަން އެލަވަ ލިޔުނީ އޭނާއަށް އެޙާދިސާ ކޮންމެވެސް ގޮތަކުން އެނގިގެން ކަމަށް އެނީ ދަޢުވާކުރާކަމަށް އޭނާގެ ދަރިފުޅު ބުންޏެވެ. ލަވައިގެ ޕްރޮޑިއުސަަރަކީ ކުއިންސީ ޖޯންސް އެވެ. އެނީގެ މަންމަ ޤަބޫލުކުރާގޮތގައި އެއީ އޭނާގެ ލަވައެކެވެ. އެހެންކަމުން ލަވައިގެ ރައިޓްސް ހޯދަން ކުއިންސީ ޖޯންސް އަށް ގުޅިކަމަށް އަކީޔާ ބުންޏެވެ.  

އަކީޔާގެ މަންމަ، އެނީ، އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެކެވެ. އޭނާ މިހާރު ދިރުއުޅެނީ 14 އަހަރުގެ ކޮއްކޮއާއެކު މަގުމަތީގައި ކަމަށްވެސް އަކީޔާ ބުންޏެވެ. ދިރިއުޅެން އެއްެވެސް މަސައްކަތެއް ނުކުރަނީ އެލަވައިގެ ރައިޓްސް އޭނާއަށް ލިބެންޖެހޭނެކަމަށް ބުނެކަމަށްވެސް އަކީޔާ ބުންޏެވެ. އަދި އެގޮތަށް ނުޙައްޤު ފައިސާ ހޯދަން ނޫޅެ ވަޒީފާއަކަށް ގޮސްގެން މަސައްކަތްކޮށްގެން އޭނާގެ މަންމަ ދިރިއުޅޭތަން ދެކެން ބޭނުންވާކާމަށް ޑރ. ފިލް ގެ ޝޯގައި އަކީޔާ ބުންޏެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.