ހޫބޭގެ ބިންހެލުމުގައި ސާދަ މީހުން މަރުވެއްޖެ

ސެންޓްރަލް ޗައިނާގެ ހޫބޭ ޕްރޮވިންސަށް ހުކުރުދުވަހު ބިންހެލުމެއް އައިސް އެހިސާބުގެ ރިސޯޓަކަށް ލިބުނު ގެއްލުމުގެ ތެރޭގައި  ވެއްޓުނު ފާރުތަކުގެ ދަށުގައި ސާދަ މީހުން ވެއްޖެއެވެ. އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރިމަސައްކަތުން މިހާރުވަނީ ހަތަރު މީހުން ސަލާމަތް ކުރެވިފައެވެ. ނަމަވެސް ދިހަ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާ ކަމަށް ޚަބަރުލިބެއެވެ. ސަލާތްކުރެވުނު ހަތަރު މީހުންގެ ތެރޭން އެކަކީ މާބަނޑު އަންހެނެއްކަމަށާ ދިހަގަޑިއިރު ކުރި މަސައްކަތުން ސަލާމަތް ކުރެވުނު މި ހަތަރު މީހުންގެ ހާލުވެސް ރަގަޅުކަމަށް އެހީތެރިންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނެއެވެ.

ހުކުރުދުވަހު ހިގި ބިންހެލުމާއި ބިންގަޑު ކަޑައިގެން ދިއުމުގެ ހާދިސާގައި ތިންފަގިފިލާ އަކަށް އިމާރަތްކޮށްފައިވާ ރިސޯޓް އިމާރާތް ވެއްޓިފައިވެއެވެ. އެވަގުތަކީ އެއްބަޔަކު ރޭގަޑުގެ ކެއުމަށް އިންސާފް ކުރަމުން ދިޔަވަގުތު ކަމުން އެތަނުގައި ތިބި ބަޔެއް މީހުންވެސް ، ގެއްލިފައިވާ މީހުންގެތެރޭގައި ހިމެނެއެވެ. މީހުން ނަށް އިތުރު ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ  މީހުން ހޯދުމުގެ މަސައްކަތުގައި ބަރު ވެހިކަލް ތައް ބޭނުންކުރެވެން އަދި ނެތްކަމަށް އެހީގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.