ރަސްމާދޫ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ރ.ރަސްމާދޫގައި އެޅުމަށް ހަމަޖެހިފައިވާ އައު އިންޖީނުގޭގެ މަސައްލަތް ކުރުމަށް ޓައިނީ ނީމޯ ކިޔާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ

އެކުންފުންޏާ އެ މަސައްކަތް ހަވާލު ކުރުމަށްފަހު ފެނަކަ ކުންފުނިން އެއްބަސްވުމުގައި ސޮއުކުރައްވާފައިވަނީ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ. ޓައިނީ ނީމޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިޔާމްއެވެ.

މިއީ  5 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢެކެވެ. މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެމަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 13 އަށެވެ.

ހުސްވި އަހަރު ފެނަކައިން ވަނީ 27 ރަށެއްގެ އިންޖީނުގޭގެ ބިންގާ އަޅައިފައެވެ. އޭގެ ތެރެއިން ބައެއް ތަންތަން މިހާރުވަނީ ނިމިފައެވެ. ފެނަކައިން ވިދާޅުވެފައި ވަނީ މިއަހަރުގެ އަމާޒަކީ 40 އިންޖީނުގެ ހުޅުވުން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.