ދަންގާލް ގެ ތަރި ޒައިރާ ވަސީމް ފޭސްބުކްގައި ކުރި ޕޯސްޓެއް ވައިރަލް ވެއްޖެ

ދަންގާލްގެ ތަރި ޒައިރާ ވަސީމް ފޭސްބުކުގައި ކުރި ޕޯސްޓެއް ވައިރަލްވެ، އެތައް ބަޔަކު އޭނާއަށް ފުރައްސާރަކޮށްފިއެވެ.

އޭނާ އާ ދިމާކުރީ ޖައްމޫ ކަޝްމީރުގެ ޗީފް މިނިސްޓަރާއި ބައްދަލުކުރި ވާހަކަ ފޭސްބުކުގައި ޕޯސްޓު ކުރުމުންނެވެ. އޭނާ އާއި ދިމާކޮށް ފުރައްސާރް ކުރާންފެށުމުން އޭނާވަނީ ފޭސްބުކް ފޮލޯވަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

މި ޙާދިސާއާއި ގުޅިގެން ބޮލީވުޑުގެ ގިނަ ތަރިންތަކެއް ވަނީ ޒައިރާގެ ދިފާއުގައި ޓްވީޓުކޮށްފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ދަންގާލްގެ ތަރި އާމިރު ޚާންގެ ޓްވީޓެވެ.

އޭނާގެ ޓްވީޓުގައި ވަނީ، "އަހަރެން ޒާއިރާގެ ބަޔާން ކިޔައިފިން. ޒައިރާ އެބަޔާން ނެރެން ޖެހުނު ސަބަބު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އަހަރުމެން އެންމެން މިތިބީ ޒައިރާ އާ އެކު. ޒައިރާއަކީ ވަރަށް ވިސްނުން ތޫނު، ޒުވާން، އެހެން މީހުންނަށް ކަމޭ ހިތާ، އިޙްތިރާމް ލިބިގެންވާ، ހިތްވަރު ގަދަ ކެރޭ ކުއްޖެއް. ތިޔަ ކަހަލަ ކުދީންނަކީ ހަމައެކަނި އިންޑިއާގެ ކުޑަކުދީންނަށް ނަމޫނާ އެއް ނޫން. ތިޔައީ މުޅި ދުނިޔޭގެ ކުޑަ ކުދީންނަށް ނަމޫނާއެއް. ތިޔައީ ހަމަގައިމުވެސް އަޅުގަނޑަށް ނަމޫނާއެއް."

ޒައިރާއަކީ 16 އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި އޭނާގެ ޙަޔާތް ވޭތިކުރާން އޭނާ ދޫކޮށްލައި އޭނާގެ ނިންމުންތަކަށް އިޙްތިރާމް ކުރުމަށް އާމިރުޚާން ވަނީ ޢާއްމުންނަށް ގޮވާލައިފައިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.