އިންޑިއާގެ ސިނަމާއަށް ޚާއްސަ ފޮތެއް އަމިތާބު ނެރެދީފި

އިންޑިއާގެ ފިލްމު ސިނަމާއަށް ޚާއްޞަކޮށްގެން ލިޔެފައިވާ ފޮތެއް އަމީތާބް ބައްޗަން ނެރެދީފިއެވެ. މިފޮތުގެ ނަމަކީ ވަންސް އަޕޯން އަ ޓައިމް އިން އިންޑިއާ – އަ ސެންޗަރީ އޮފް އިންޑިއަން ސިނަމާ އެވެ. ފޮތުގެ ބޭރުގަނޑުގައި ޖަހާފައިވަނީ އަމީތާބް ބައްޗަންގެ ފޮޓޯއެކެވެ.

އިންޑިއާގެ ފިލްމު ސިނަމާއަށް ވަނީ ގަރުނެއްވެފައެވެ. ސިނަމާގެ ދިގު ތާރީޚުގައި ހޯދައިފައިވާ ކުރިއެރުންތަކާއި، ކާމިޔާބީތައް ލިޔެފައިވަނީ ބަވާނާ ސޯމިޔާގެ ގަލަމުންނެވެ. ސޯމިޔާއަކީ ފިލްމު ކްރިޓީކް އެކެވެ.

މި ހަފްލާގައި ވާހަކަދައްކަމުން އަމީތާބު ބުނީ ސިނަމާގައި އޭނާއަށް ވަކި ޚާއްޞަ ދުވަސްވަރެއް ނެތް ކަމަށެވެ. ކޮންމެ ދުވަސް ވަރަކީ ވެސް އާ ތަޖުރިބާތައް ލިބި، އާ ކަންކަނަ ތަޢާރަފްވެ، އާ ތަރިން ސިނަމާ އަށް ތަޢާރަފްވާ ދުވަސްވަރެއް ކަމަށެވެ.

މިދުވަސްވަރަކީ ޙަޤީޤީ ހާދިސާތަކުގެ މައްޗަށް ފިލުމްތައް ހަދާ ދުވަސވަރެއް ކަމަށާއި އެ ފިލްމުތަކުގެ ތެރެއިން ޕީކޫ އާއި ޕިންކް އަކީ ސިނަމާއަށް އިންޤިލާބެއް ގެނުވި ފިލްމުތަކެއް ކަމަށް އަމީތާބު ބުންޏެވެ. ޕީކޫ އަކީ އަންހެން ދަރިއަކާއި ބައްޕައާއި ދެމެދު އޮންނަ ގުޅުން ދައްކުވައިދޭ ފިލްމެއް ކަމަށާއި އިންޑިއާގެ އަންހެން ދަރީންގެ އަމިއްލަވަންތަކަން ވަރަށް ރަނގަޅަށް ފާހަގަކޮށްފައިވާ ފިލްމެއް ކަމުގައިވެސް އަމީތާބު ބުންޏެވެ.

ޕިންކުގައި ދައްކުވައިދީފައިވާ މައްސަލައަކީ އިންޑިއާގައި މިހާރުވެސް ހިނގާ ކަމެއް ކަމަށާއި އެވާހަކަ އަކީ ވަރަށް ރަނގަޅަށް އާއްމުންނަށް ކިޔާދޭން ވެފައިވާ ވާހަކައެއް ކަމަށް އަމީތާބު ބުންޏެވެ. އަދި ފިލްމު އުފެއްދި ކަމަށްޓަކައި ފިލްމުގެ ޕްރޮޑިއުސަރާއި، ޑައިރެކްޓަރަށް އަމީތާބު ޝުކުރު އަދާ ކުރިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.