އުފަންވާ ވަގުތުން ފެށިގެން ކުދިން ބަސް ދަސް ކުރާ ކަމަށް ދިރާސާއަކުން ހާމަވެއްޖެ

Language Master

ކުދިން ދުނިޔެއަށް އުފަންވާތާ ފުރަތަމަ ވަގުތުތަކުންފެށިގެންވެސް އެކުދިންނަށް އިވޭ ބަހުރުވަ ނުވަތަ އިބާރާތްތައް، އެކުދިންގެ ސިކުޑިތަކުގައި ރައްކާކުރެވޭ ކަމުގައި ދިރާސާ ތަކަކުން ދައްކައިފިއެވެ . އުފަންވި ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖްރަ ކުރާތާ އަހަރުތަކަށް ފަހު އުފަންރަށުގެ ބަހުރުވަ ހަދާން ނެތުނު ނަމަވެސް އެކުއްޖެއް ނުވަތަ މީހެއްގެ ކިބައިގައި އެކަން ދެމިހުންނާނެ ކަމަށް މިދިރާސާތަކުން ދައްކާފައިވެއެވެ.

ދެކުނު ކޮރެޔާއަށް އުފަން ، އެހެން ނަމަވެސް ހޮލަންޑްގައި އުޅެބޮޑުވި ބަޔެއް މީހުން ބޭނުންކޮށްގެން ހެދި ދިރާސާ ތަކަކުން ދައްކާގޮތުގައި މިމީހުންނަށް ދެކުނު ކޮރެޔާގެބަސް ދަސްކުރަން ވަރަށް ފަސޭހައެވެ .

ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ތުއްތުކުއްޖާގެ މައިންބަފައިން ވިހާވެސް ގިނައިން ކުއްޖާއާ ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް މުޚާތަބްކުރެވޭ އަޑުތައް ކުއްގާގެ ކިބައިގައި ހަރުލާ ހުންނަ ކަމަށާ ، ފަހުން އެބަސް ލިބިގަންނަން ފަސޭހަކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ .

ދެކުނު ކޮރެޔާގެ ހަންޔަންގ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ ޖިއޫން ޗޮއި އިސްވެ ހުންނަވައިގެން ހަދާފައިވާ ދިރާސާ ތަކުގައި، އެންމެ ތުއްތުއިރު ދެކުނު ކޮރެޔާއިން ގެނެސް  ހޮލަންޑްގައި އެޑޮޕްޓް ކޮށްފައިވާ ތިރީހަކަށް އަހަރުގެ ޒުވާނުންތަކެއް ގެ އިތުރުން ދެކުނު ކޮރެޔާގެ ބަހަށް އެއްވެސް ވަރަކަށް ހާމަ ވެފައިނުވާ ޒުވާނުންތަކެއް ބޭނުންކޮށްފައި ވެއެވެ. ކުރިން ކޮރެޔާބަހުން ވާހަކަދައްކާފައި ނުވިނަމަވެސް ކޮރެޔާއަށް ނިސްބަތްވާ ގްރޫޕަށް ކޮރެޔާބަސް ނަގައިގަންނަން ވަރަށް ފަސޭހަކަށް ދިރާސާތައް ކުރިފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ . އެހެން ކަމުން ކުދިން ބަސް ދަސްކުރަން ނުވަތަ ވާކަހަ ދައްކަން ދަސްކުރަންފަށާ އުމުރަކީ އެންމެ ތުއްތުއުމުރު ކަމަށާ މިއުމުރުގައި ކުދިންނާވީހާވެސް ގިނައިން ވާހަކަ ދެއްކުން ވަރަށް މުހިންމުކަމަށް މާހިރުން ދެކިލައްވައެވެ . / ބީބީސީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.