ނައިޖީރިއާގެ އަސްކަރިއްޔާއިން އޮޅުމަކުން ރެފިއުޖީ ކޭމްޕަކަށް ހަމަލާ ދީފި

ނައިޖީރިޔާގައި ބޯކޯހަރާމް ޖަމާއަތަށް ނިސްބަތްވާ ހަގުރާމަވެރިންނާ ދެކޮޅަށް އަސްކަރިންޔާއިން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި އޮޅުމަކުން ރެފިއުޖީންގެ ކޭމްޕަކަށް ބޮމުގެ ހަމަލާތަކެއް ދީފިއެވެ. ޖެޓް މަތިންދާބޯޓަކުންދިން މިހަމަލާގައި ފަސްސާސް ދެމީހުން މަރުވެ ދުއިސއްތައެއްހާމީހުންނަށް އަނިޔާވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ރެޑްކްރޮސްޖަމާއަތަށް ނިސްބަތްވާ ހަމީހުން ވެސް ހިމެނޭކަމަށް މައުލޫމާތުލިބެއެވެ. މިހަމަލާ އޮޅުމަކުން ދެވިފައިވާކަމަށް ސަރުކާރުންވެސް ވަނީ އިއުތިރާފް ވެފައެވެ. އަދި މިކަމާގުޅިގެން އާންމުން ތެޅިފޮޅި ނުގަތުމަށް ރައީސް މުހަންދު ބުޚާރީ ވަނީ ގޮވާލައްވާފައެވެ.

ހަރުކަށިކަން ދައްކަމުންގެންދާ ބޯކޯހަރާމް ޖަމާއަތާ ދެކޮޅަށް ނައިޖީރިޔާ ސަރުކާރުން ހިންގާ އޮޕަރޭޝަން މިވަގުތު އެންމެ ބާރަށް ކުރިޔަށް ދަނީ ކެމަރޫން އާގުޅޭ ސަރަހައްދީ އިމާ ކައިރި ހިސާބެއްގައެވެ. ސަރުކާރުން ބުނާގޮތުގައި މިހާރުކުރިޔަށްދާ ހަމަލާތަކަކީ އެޖަމާއަތް ނައްތާލާނެ ، އެންމެ ފަހުގެ ހަމަލާތަކެވެ. / ބީބީސީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.