އިންޑިއާގެ ދެ ކުއްޖަކު ސެލްފީ ނަގަން އުޅެނިކޮށް މަރުވެއްޖެ

އިންޑިޔާގެ ނިއުދިއްލީގެ ރޭލްވޭ  ޓްރެކެއްގައި ސެލްފީ ނަގަން އުޅުނު ދެޒުވާން ފިރިހެން ކުދިން ބާރަށް ދުއްވާފައި އައި ރޭލެއްގައި ޖެހި މަރުވެއްޖެއެވެ . ދިއްލީގެ އިރުމަތީ ފަޅީގެ ހިސާބެއްގައި ހޯމަ ދުވަހު ހިގި މި އެކްސީޑެންޓް ހިގަން ދިމާވީ މޮޑެލް ކުރުމުގެ ކެރިއަރއަކަށް ޕޯޓްފޯލިއޯ އެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައިކަމަށް ޚަބަރުތައް ބުނެއެވެ. ދުއްވާފައި އައި ރޭލެއް އަރާގޮތަށް ސެލްފީ ނަގަން މިދެޒުވާނުން މަސައްކަތް ކުރަނިކޮން ޖެހިގެން އޮތް ޓްރެކުން އެހެން ރޭލެއް ކުއްލިއަކަށް އައުމުން ، ސަލާމަތްވުމަށް ދަގަޑުމަތިން ފުންމަން އުޅުމުގެ ތެރޭ ރޭލްގައި ބާރަށްޖެހުމުގެ ސަބަބުން މަރުވީ ކަމަށް ރޮއިޓާސް ޚަބަރުދެއެވެ. މިހާދިސާ ހިގިއިރު ތަންކޮޅެއްދުރުގައި ބަލަންތިބި މިކުދިންގެ ރަހުމަތްތެރިންވެސް ސަލާމަތްވެފައިވަނީ ކިރިޔާކަމަށް ޚަބަރުލިބެއެވެ. މިހާދިސާގައި މަރުވި ދެކުދިންނަކީ ދިއްލީގެ ޕްރިވެޓް ސްކޫލެއްގައި ކިޔަވާ ދެކުދިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.