ޖަޕާނުގެ ބޮޑު ވަޒީރުގެ ވިއެޓްނާމް ދަތުރުފުޅު ނިންމަވާލައްވައިފި

ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިއެޓްނާމްއަށް ކުރެވި ދެދުވަހުގެ ރަސްމީ ދަތުރުފުޅެއް ނިންމާލައްވައިފިއެވެ. މިދަތުރުފުޅުގެ މައިގަޑު ބޭނުމަކީ މިދެގައުމު ގުޅިގެން އުފައްދާފައިވާ އިކޮނޮމިކް ފޯރަމްގެ ބައްދަލް ވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމެވެ. މިބައްދަލް ވުމުގައި އަންގާރަދުވަހު ވާހަކަފުޅުދައްކަވަމުން އަބޭ ވަނީ ޖަޕާންގެ އިންވެސްޓަރުންނަށް ވިއެޓްނާމުންދޭ އެއްބާރުލުން ފާހަގަ ކުރައްވާ އެފަދަ ވިޔަފާރި ތަކުގެ ސަބަބުން ވިއެތްމާމްގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާކަން ފާހަގަ ކުރައްވާފައެވެ. އަދި މިދެގައުމު ހިމެނޭ އާސިޔާން ޖަމާއަތަކީވެސް ދުނިޔޭގެ ނިސްބަތުންވެސް ކުރިއަރަމުން އަންނަ އިގްތިސާދީ ސަރަހައްދަކަށްވާއިރު، ޖަޕާންގެ ސޯޅަސަތޭކައަށް ވުރެ ގިނަ ކުންފުނި ތަކުން ވިއެޓްނާމްގައި އިންވެސްތްކޮށްފައިވާކަން ޝިންޒޯ އަބޭ ފާހަގަ ކުރެއްވި އެވެ. އަދި ޖަޕާނުގެ ކުންފުނިތަކުން ވިޔަފާރީގައި ސީދާ އިންވެސްޓްކުރާ އެއްޗެއްގެ އިތުރުން ވަޒީފާތައް އުފެއްދުމާ ޓެކްނޮލޮޖީ ހިއްސާކުރުންފަދަ ކަންކަމުގެ ސަބަބުންވެސް ވިއެޓްނާމްއަށް ކުރިއެރުން ގެނެސްދީފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މިމިއީ ދެގައުމަށްވެސް ފައިދާހުރި ގުޅުންތަކެއް ކަމުގައި ޝިންޒޯ އަބޭ ފާހަގަ ކުރައްވާފައިވެއެވެ.

ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯއަބޭ ވިއެޓްނާމްއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިއެޓްނާމްގެ އިސްވެރިންނާ ބައްދަލް ކުރައްވާ އިގްތިސާދީ ގުޅުންތައް ބަދަހި ކުރެއްވުމުގެ އިތުރުން ކަޑުގެ ސަރަހައްދު ރައްކާތެރި ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިލްކިއްޔާތާމެދު މަސްއަލަ ޖެހިފައިވާ ދެކުނު ޗައިނާކަޑުގެ ހަތަރު ޖަޒީރާގެ މަސްއަލަ ނިންމަން ޖެހޭނީ ބައިނަލްއަޤްވާމީ ގާނޫނު ތަކާއެއްގޮތްވާގޮތުގެ މަތިން، މަޝްވަރާކޮށްގެންކަމަށް ވިދާޅުވަމުން ، ކަޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ޕެޓްރޯލް ކުރުމަށް ބޭނުންކުރާ ހަ ބޯޓު ޖަޕާނުން ވިއެޓްނާމް އަށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.