އައްޑޫފުޓުބޯލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗު 3-0 ލަނޑުން އެފްސީ ބޭރުމަތި ކާމިޔާބު ކޮށްފިއެވެ. އެޓީމާ އެނެއްކޮޅުން ބައްދަލުކުރީ މުލިމަތި ޔުނައިޓެޑެވެ. މިނަތީޖާއާއެކު ބޭރުމަތި ޓީމުވަނީ އޭ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި 12 ޕޮއިންޓާއެކު ސެމީއަށް ދަތުރުކޮށްފައެވެ. އޭ ގުރޫޕުގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީން ޖާގަ ހޯދައިފައިވަނީ ގޯދިއްޔާއެވެ.
މިއަދުގެ މެޗުގައި ދެ ޓީމުންވެސް ފުރަތަމަ ހާފުގައިވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެހެންނަމަވެސް އެ ހާފް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގައި ޖެހި ތިންލަޑުވެސް ޖެހީ މެޗުގެ ފަހުކޮޅުއެވެ. އޭގެ ތެރެއިން ވެސް ފަހު ދަނޑު ޖަހައިފައިވަނީ އިތުރުވަގުތުގެ ތެރޭގައެވެ. މިމެޗުގެ ފުރަތަމަ ލަނޑުޖެހީ މެޗުގެ 47 ވަނަ މިނިޓުގައި އިބްރާހީމް ސިރާޖެވެ. ދެވަނަ ލަނޑު ޖެހީ އަޙުމަދު ހަބީބެވެ. ތިންވަނަ ލަނޑުޖަހައިދިނީ މުހައްމަދު ޒަކުވާންއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޭރުމަތި ޓީމުގެ މުޙައްމަދު ސާޖިދެވެ. މުބާރާތުގެ މާދާމާގެ މެޗުގައި ބައްދަލުކުރާނީ ކުލަބު ރިވެރިންއާއި ފޭދޫ ސްޕޯޓުސްއެވެ.