ދުނިޔޭގެ އެންމެ ރާއްކާތެރި އެެއާލައިނަކަށް އޮސްޓްރޭލިޔާގެ ގައުމީ އެއާލައިން ކަންޓަސް ހޮވިއްޖެއެވެ. މިއީ ކަންޓަސްއިިން ޖެހިޖެހިގެން މި މަގާމު ދިފާއުކުރި ހަވަނަ ފަހަރެވެ.
އެއާލައިންތަކުން އަޔާޓާ އޮޕަރޭޝަނަލް ސޭފްޓީ އޮޑިޓް ފުރިހަމަކޮށްފައި ވޭތޯއާއި، ފާއިތުވި 10 އަހަރު އެއާލައިންތަކުގެ ފްލައިޓެއް ވެއްޓި މީހުން މަރުވެފައިވޭތޯއާއި، މިފަދަ އެތައް ކަމަކަށް ބެލުމަށް ފަހު އެއާލައިންރޭޓިންގްސް.ކޮމް އިން ނެރުނު 2020 ވަނަ އަހަރު އެންމެ ރައްކާތެރިވާނެ ކަމަށް ނިންމި 20 އެއާލައިންގެ ލިސްޓުގެ އެއްވަނަ ކަންޓަންސްއަށް ލިބިފައި ވާއިރު، ދެވަނައިގައި އޮތީ ނިއުޒީލޭންޑުގެ ގައުމީ އެއާލައިން އެއާ ނިއުޒީލޭންޑެވެ. ތިންވަނަ ލިބިފައިވަނީ ޓައިވާނުގެ އީވާ އެއާއަށެވެ.
އެންމެ ރައްކާތެރި އެއާލައިންތަކުގެ ލިސްޓުގެ ހަަތަރުވަނަ، ފަސްވަނަ، ހަވަނަ އަދި ހަތްވަނަ ލިބިފައިވަނީ ދިވެހިރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އެންމެ ކުރީ ސަފުގައި ހިމެނޭ އިއްތިހާދު އެއާވޭސް، ޤަޠަރު އެއާވޭސް، ސިންގަޕޯ އެއާލައިންސް އަދި އެމިރޭޓްސް އެވެ.
އެއާލައިންރޭޓިންގްސް.ކޮމް އިން ވަނީ ދުނިޔޭގެ އެންމެ ރައްކާތެރި ބަޖެޓް އެއާލައިންތައް ވެސް ހޮވާފައެވެ. މި ލިސްޓުގެ އެއްވަނައިގައި ޔޫއޭއީގެ ބަޖެއް އެއާލައިން އެއާ އަރަބިޔާ އޮތް އިރު، ދެވަަނައިގައި އޮތީ އިނގިރޭސިވިލާތުގެ ފްލައިބީއެވެ. ތިންވަނަ އެމެރިކާގެ ފްރަންޓިއާ އެއާލައިނަށް ލިބުނުއިރު، ހަތުރަވަނަ ލިބުނީ ހޮންކޮންގުގެ އެޗްކޭ އެކްސްޕްރެސްއަށެވެ.
އެންމެ ރައްކާތެރި ބަޖެޓް އެއާލައިންތަކުގެ ލިސްޓުގެ ފަސްވަނައިގައި އޮތީ. 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުންފެށިގެން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އަންނަ އިންޑިޔާގެ ބަޖެޓް އެއާލައިން އިންޑިގޯއެވެ.
އެއާލައިންރޭޓިންގްސް.ކޮމް އިން ދުނިޔޭގެ އެންމެ ރައްކާތެރި އެއާލައިންތައް ހޮވާފައި ވާއިރު އޯއޭޖީ އޭވިއޭޝަން ވާލްޑްވައިޑުން ވަނީ 2019 ވަނަ ގަޑިއަން އެންމެ ފަރުވާތެރި 10 އެއާލައިން ހޮވާފައެވެ. ފާއިތުވި އަހަރު އެންމެ ގިނަ ފްލައިޓްތައް ގަޑިން ފުރުވާފައި ވަނީ އިންޑޮނޭޝިޔާގެ ގައުމީ އެއާލައިން ގަރޫޑާ އިންޑޮނޭޝިޔާއެވެ. އެ އެއާލައިނުގެ %95.01 ފްލައިޓް ވަނީ ގަޑިން ފުުރާފައެވެ. %92.01 ފްލައިޓް ގަޑިން ފުރުވައިގެން މެކްސިކޯގެ ކޮޕާ އެއާލައިންސް ދެވަނަ ހޯދާފައި ވާއިރު، މިލިސްޓުގެ ތިންވަނައިގައި އޮތީ ޖަޕާނުގެ ސްކައިމާކް އެއާލައިނެވެ. އެއީ %90.12 ފްލައިޓް ގަޑިން ފުރުވައިގެންނެވެ. ފާއިތުވި އަހަރު 87.40% ފްލައިޓް ގަޑިން ފުރުވި ހަވާއިއަން އެއާލައިނަށް ހަތަރުވަނަ ލިބުނުއިރު، ފަސްވަނައަށް އައީ ޗިލީގެ ލަޓަމް އެއާލައިންސް އެވެ.
ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ދިރާސާކުރާ އޭވިއޭޝަން ސޭފްޓީ ނެޓްވާކުން ބުނެފައި ވަނީ 2019 ވަނަ އަަހަރުގެ ވައިގެ ދަތުރުފަތުރުގެ ގިނަ ހާދިސާތަކެއް ހިނގައި 283 މީހުން މަރުވިޔަސް، 2019 އަހަރަކީ ވައިގެ ދަތުރުފަތުރުގެ ތާރީޚުުގައި އެންމެ ރައްކާތެރި އަހަރު ކަމުގައެވެ.