ޢަދުލު އިންސާފު ކަށަވަރު ކޮށްދޭނަން: ޕީޖީ

ޕީޖީއަކަށް ޙުސައިން ޝަމީމާ މަޤާމުގެ ލިޔުން ނުވަތަ ފަތްކޮޅު ޙަވާލުކޮށްދެއްވަނީ: ފޮޓޯ ރައީސް އޮފީސް

ރައްޔިޔުންނަށް މަޑުމަޑު މަޑުން ޢަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންސާފުގެ އިތުރުން ރައްޔިތުންގެ އިތުބާރު ހޯދައި އަމާން، ރައްކާތެރިކަން ވެސް ހޯއްދަވައި ދެއްވާނެ ކަމަށެވެ. "މަޑުމަޑުން, އިތުބާރު ހޯދައި، އިރާދަކުރެއްވިއްޔާ އަމާންކަމާއި ރައްކާތެރިކަމާއި، ޢަދުލު އިންސާފު ކަށަވަރު ކޮށްދޭނަން،" ޕީޖީ ވިދާޅުވެފައިވެއެވެ.

ޕީޖީ ޙުސައިން ޝަމީމް މިހެން ވިދާޅުވީ ރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާއާ މެދު ރައްޔިތުންގެ ޝަކުވާ ބޮޑުވެ މާޔޫސްވެފައިވާ ދަނޑިވަޅެއްގައި އެމަގާމާ ޙަވާލަވެ ވަޑައިގެން މާގިނަދުވަސްތަކެއް ނުވަނިސްއެވެ.

ޙުސައިން ޝަމީމަކީ ކުރިން ޑެޕިޔުޓީ ޕީޖީއަކަށް މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ޢަދުލުއިންސާފުގެ ދާއިރާގައި ހުރި މައްސަލަތަކަށް އެމަނިކުފާނުގެ ދާއިރާއިން ޙައްލު ހޯދަންޖެހޭ ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ދަޢުވާ ކުރުމުގެ މަރުޙަލާ ވެސް އަވަސް ކުރުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޕީޖީ އޮފީހުން މިއަދުވަނީ 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުގައި ކައިވެނިކޮށްގެން ބަނޑު ބޮޑުވެ ވިހޭ މައްސަލާގައި އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ދަޢުވާ ކޮށްފައެވެ. އެގޮތުން އެކުއްޖާގެ މަންމަގެ މައްޗަށް 4 ދަޢުވާއެއް އުފުލާފައިވެއެވެ. އަދި ބައްޕަގެ މައްޗަށް އެއް ދަޢުވާ އުފުލާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.