އިންކަމް ޓެކްސް ނަގަން ފެށުމުން ޖެހޭނީ ކުލި ކުޑަކުރަން: ޔައުގޫބު

އިންކަމް ޓެކްސް ނަގަން ފެށުމުން ކުލިބޮޑު ކުރުމުގެ ބަދަލުގައި ޖެހޭނީ ކުލި ކުޑަކޮށްދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޔައުގޫބު ވިދާޅުވެއްޖެއެވެ.

ސީއެންއެމް ޓީވީގެ އިތުރުކާފު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންކަމް ޓެކްސް ނަގަން ފެށުމުން އޭގެ ރާހަތު ކުލި ދައްކާ މީހާއަށް ކުރަން ޖެހޭނެ ކަމަށެވެ. އެއީ މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ ކުރީގެ ގާނޫނު ބުނާގޮތުން އަހަރަކު ނުވަލައްކަ ރުފިޔާ ލިބޭ މީހަކު ޓެކްސްގެ ގޮތުގައި އަހަރަކު ދައްކަންޖެހެނީ 60 ހާސް ރުފިޔާ ކަމަށެވެ. މިހާރުގެ ގާނޫނު ބުނާގޮތުން އެވަރަށް އާމްދަނީ ލިބޭ މީހާ ޓެކްސްގެ ގޮތުގައި އަހަރަކު ދައްކަންޖެހޭނީ ނުވަހާސް ނުވ ވިދާޅުވިއެވެ. އެހެންނަމަވެސް އެއަދަދު މިހާރު ލިބޭ މީހާ ޓެކްސްގެ ގޮތުގައި މިހާރު ދައްކަންޖެހޭނީ ނުވަހާސް ނުވަސަތޭކަ ރުފިޔާ ކަމަށެވެ. އެހެންވީމާ ފަންސާސް ހާސްރުފިޔާ އޭނާއަށް ސަލާމަތްވެއެވެ. އެހެންކަމުން ކުލި ބޮޑު ކުރުމުގެ ބަދަލުގައި ޖެހޭނީ ކުޑަކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންކަމް ޓެކްސް ނަގަން ފެށުމުން ކުލި ދައްކާފަރާތުގެ އަތުން އެގްރީމެންޓުން ބޭރުން އެއްވެސް ފައިސާއެއް އަތުލަން އުޅޭ ކަމަށްވާނަމަ އެފައިސާ ދިނުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ކުލި ދައްކާ މީހާގެ އަތުން އިތުރު ފައިސާ އެގްރީމެންޓުގެ ބޭރުން ނެގުމަކީ ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔައުގޫބު ވިދާޅުވީ އިންކަމްޓެކްސްގެ ސަބަބުން ހަގީގަތުގައި ވާންޖެހޭ ގޮތަކީ ކުލި ކުޑަވެ ކުއްޔަށް ހިފާ މީހާއަށް ވެސް އޭގެ ފައިދާތަކެއް ވުން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.