ތައިލެންޑަށް ދާ ޗައިނާ ފަތުރުވެރިންގެ އަދަދު މަދު ވެއްޖެ

ތައިލަންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަގުހެޔޮ ޕްކޭޖްތައް ދިނުމަށް ސަރުކާރުން ހުރަސްތަކެއް ކުރިމަތި ކުރުމާއި ގުޅިގެން އެގައުމަށް ޒިޔާރަތް ކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.   

ޗައިނާގައި ފާހަގަކުރާ "ލޫނާ ނިއު އިޔަރ " އާ ދިމާކޮށް އާންމުކޮން ޗައިނާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ތައިލަންޑަށް ޒިޔާރަތް ކުރެއެވެ.  މިގޮތުން ދެހާސް ބާރަވަނަ އަހަރުން ދެހާސް ސޯޅަވަނަ އަހަރުގެ ފަހުކޮޅާހަމަޔަށް ވެސް ތައިލަންޑަށް ޒިޔާތްކުރާ ފަތުރުވެރިންގެ ތިންބައިކުޅައެއްބަޔަކީ ޗައިނާ ފަތުރުވެރިންނެވެ. ނަމަވެސް "ޒީރޯ ޑޮލަރ ޕެކޭޖް" ގެ ގޮތުގައި ތައާރަފް ވެފައިވާ އަގުހެޔޮ ޕެކޭޖްތައް ހިންގުން ސަރުކާރުން މަނާކުރުމާއި ގުޅިގެން ޗައިނާއިންދާ ފަތުރުވެރިންގެ އަދަދު ދެބައިކުޅައެއްބައި ދަށްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ތައިލަންޑްސަރުކާރުން ތައާރަފްކޮށްފައިވާ އައު ގަވާއިދުގައިވާ ގޮތުން ފަތުރުވެރިންގެ އަތުން ރެޔަކަށް މަދުވެގެން އެއްހަސްބާތު ނުވަތަ އަށާވީސް ޔޫއެސް ޑޮލަރު ނަގަން ޖެހެއެވެ.

ތައިލަންޑަށް މިދިޔަ އަހަރުވެސް ޗައިނާގެ ނުވަމިލިއަން ފަތުރުވެރިން ތައިލަންޑަށް ޒިޔާރަތްކޮށްފައި ވެއެވެ. (ރޮއިޓާސް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.