އޮބާމާކެއަރ އުވާލުމުގެ ފުރަތަމަ ފިޔަވަޅު އަޅައިފި

އެމެރިކާގެ ރައިސް ބަރަކް އޮބާމާ ތައާރަފް ކުރެއްވި ހެލްތުކެއާ ގާނޫނު  " އޮބާމާކެއާ " އުވާލުމާ ގުޅޭގޮތުން އަޅާ ފުރަތަމަ ފިޔަވަޅު ޤާނޫނު ހަދާ މަޖިލީސް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން އަޅަފިއެވެ. މިގޮތުން ރިޕަކްލިކަންޕާޓީގެ މެމްބަރުން ވަނީ ބަޖެޓަށް އިސްލާހެއް ހުށައަޅާފައެވެ. އަދި މިއިސްލާހް ގެ ކަންކަން ކުރިޔަށް ނުގެންދެވޭނެ ގޮތް ހެދުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ކަމެއް ކުރުމުގެ ފުރުސަތު ނެތްކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އޮބާމާކެއާ އުވާލުމަށްފަހު އޭގެ ބަދަލުގައި އެކަށީގެންވާ ހެލްތުކެއާ ނިޒާމެއް ފެންނަންނެތުމާއެކު ދެޕާޓީގެ ކޮންގްރެސް މެމްބަރުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ހަމައެކަނި ސިޔާސީ މަގްސަދަކަށް އޮބާމާކެއާ އުވާލާއިރު އެމެރިކާގެ ވިހި މިލިއަން ރައްޔިތުންގެ ހެލްތުކެއާ ގެ ކަންކަމަށް ދެންވާނެ ގޮތަކާމެދުވަނީ ސުވާލު އުފެދިފައެވެ.  އޮބާމާ ކެއާގެ ދަށުން ހިލޭ ބޭސްފަރުވާ އަދި ސަބްސިޑީ ލިބޭ ފަރާތްތަކުގެތެރޭގައި ، އަދާކުރާވަޒީފާ ގެ ޒަރީއާއިން ހިލޭ ބޭސްފަރުވާ ނުލިބޭ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނެއެވެ. / ބީބީސީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.