ގެއްލުނު ކުއްޖަކު އަށާރަ އަހަރަ ފަހުން ފެނިއްޖެ

އެމެރިކާގެ ފްލޮރިޑާގައި، ދުނިޔެއަށް އުފަންވިތާ އަށެއްކަގަޑިއިރު ތެރޭ ވަގަށް ނެގި އަންހެން ކުއްޖަކު އަށާރައަހަރުފަހުން ސަލާމަތުންހުއްޓާ ފެނިއްޖެއެވެ. އެކުއްޖާ އުފަންވި މެޑިކަލް ސެންޓަރުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިއަކަށް ހެދިގެން އައިމީހަކު ކުއްޖާ ވަގަށް ނަގާފައިވަނީ ދަރިފުޅު ހުން އައިސްފައިވާކަމަށާ ޗެކްކޮށްލަން ގެންދަނީ ކަމަށް ބުނެކަމަށް ވެއެވެ.

ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ކުއްޖާ ގެއްލުނު ހާދިސާއަށް ފަހު އެކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުގައި އާންމުންގެ ފަރާތުން  ވަރަށް ބޮޑު އެއްބާރުލުން ލިބިފައިވާކަމަށްށާ އެންމެފުން ކުއްޖާ ފެނިފައިވަނީވެސް  އާންމުންގެ ފަރާތުން ލިބުނު "ޓިޕް" އެއްބަލަމުން ދަނިކޮން ކަމަށް އެރަށުގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވެފައިވެއެވެ. ކުއްޖާ ފެނުނު ޚަބަރު އޭނާގެ އާއިލާއާ ހިއްސާ ކޮށްފައިވާ ކަމަށްވެސް ޖެކްސަންވީލްގެ ޝެރިފްގެ އޮފީހުން ބުނެފައިވެއެވެ. ނަމަވެސް ކުއްޖާއަކީ މިހާރު އުމުރުން އަށާރައަހަރުވެފައިވާ ބޮޑުމީހަކަށް ވުމާއެކު އާއިލާ އާ ގުޅާނެތޯ ނުވަތަ ގުޅާނީ ކިހިނެއްތޯ ނިންމާނީ އެނާ އަމިއްލަޔަށް ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.

ކިޑްނެޕް ކުރުމު ގެ މިމަސްއަލަ އާ ގުޅިގެން ގްލޯރިއާ ވިލިއަމްސް ކިޔާ ، އުމުރުން ފަންސާސް އެއް އަހަރުގެ އަންހެނަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ. / ބީބީސީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.