ބުރިޖުގައި ކެމެރާ ހަރުކޮށް ބޭނުން ކުރަން ފަށައިފި

ސިނަމާލެ ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފި ކަމަށް ކޮމިނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަރު މިއަދު ކުރައްވާފައިވާ ޓޫވީޓެއްގައި ވިދާޅުވެފައިވަނީ އޭގެ އިތުރުން މިހާރު ގެންދަވަނީ ބުރިޖުން ދަތުރުކުރާ އުޅަނދުފަހަރުގެ ސްޕީޑާއި ނަމްބަރު ޕުލޭޓު އޮޓަމެޓިކުން ބެލޭނެ ކެމެރާތައް ހަރުކުރުމުގެ ތައްޔާރީތައް ވަމުން ކަމަށެވެ.

ބުރިޖުގައި ކެމެރާތައް ހަރުކުރީ އެތަނުގައި ގިނަ އެކްސިޑެންޓު ހިނގައި ބޮޑެތި އަނިޔާ މީހުންނަށް ވަމުންދާތީއެވެ. ކެމެރާތައް ހަރުކުރުމުން ދެނެގަނެވޭނީ އެމީހަކު ދުއްވި ސްޕީޑާއި، އެމީހަކާއި ދުއްވި ސައިކަލްގެ ނަމްބަރެވެ. އޭގެ ސަބަބުން އެކްސިޑެންޓުތަކާއި ޓުރެފިކާ ބެހޭ އެހެނިހެން މައްސަލަތައް ބަލަން ފުލުހުންނަށް ފަސޭހަ ވެގެން ދާނެއެވެ.

އެކްސިޑެންޓު މަދުކުރެވޭނީ ދުއްވާ ފަރާތްތަކުން ގަވާއިދަށް އަމަލުކޮށް ބަލައިގެން ދުއްވައިގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

އެކްސިޑެންޓުގައި ބޮޑެތި އަނިޔާވަމުންދާތީ ބުރިޖު ހުރަސް ކުރާއިރު ހެލްމެޓު އެޅުން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.