ތައިލެންޑް ގެ ދެކުނުގެ މޫސުން ގޯސްވެ ރަބަރު ދަނޑުތަކަށް ގެއްލުން ވެއްޖެ

ތައިލަންޑްގެ ދެކުނުގެ ބަޔެއް ހިސާބުތަކަށް މޫސުންގޯސްވެ ބޮޑެތި ސަރަހައްދު ތަކެއްގައި ފެންބޮޑުވުމުގެ ސަބަބުން އެގައުމުގެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ޚަބަރުލިބެއެވެ. ތައިލަންޑަކީ އެންމެ ގިނައިން ރަބަރުއުފައްދާ އެއްގައުމު ކަމަށްވާއިރު ، ރަބަރުގަހުގެ ދަޑުތައް ގިނައިން އޮންނަނީ ފެންބޮޑުވި ހިސާބުތަކުގައި ކަމަށްވެއެވެ. ތައިލަންޑްގެ ޑިޕާރޓްމަންޓް އޮފް އެގްރިކަލްޗަރުންމައުލޫމާތުދިން ގޮތުގައި އެއްހާސް ހަސަތޭކަ އަކަ ކިލޯމީޓަރަށްވުރެބޮޑު ރަބަރުދަނޑުގެ ސަރަހައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން އެގާރަ މިލިއަނެއްހާ ޔޫއެސް ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

ތައިލަންޑްގައި ފެންބޮޑުވުމުގެ ސަބަބުން ރުއްގަހަށްވެސް ބޮޑެތިގެއްލުންތައް ލިބި ، ގެރިބަކަރީގެ އައިންތަކަށްވެސް ވަނީ ނުރައްކާވެފައެވެ. ފެނުން ސަލާމަތްކުރުމަށް ގެރިބަކަރި އުސް ހިސާބުތަކަށް ގެންދެވުނު ނަމަވެސް ، ފެންގަޑު ނުހިދި ގިނަދުވަސްވާނަމަ އެތަކެއްޗަށް ކާންދޭސާމާނު ލިބުމަށް ވަރަށް ދަތިވެގެންދާނެ ކަމަށް ގެރިބަކަރިގެންގުޅޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިހާތަނަށްވެސް ފަސްސަތޭކަ ފަންސާސް ހާހެއްހާ ގެރިބަކަރި އުސް ހިސާބުތަކަށް ގެންގޮސްފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.