އަފްޣާނިސްތާން ގައި ގޮއްވާލި ބޮމެއްގެ ސަބަބުން 28 މީހުންމަރުވެއްޖެ

އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ ކާރޫބާރޫ ބޮޑުމަގެއްގައިއަންގާރަދުވަހު ދެބޮން ގޮއްވާލުމުގެ ސަބަބުން އަށާވީސް މީހުން މަރުވެ ފަސްދޮޅަސްހަތަރު މީހުން ޒަޚަމް ވެއްޖެއެވެ . އިންޓީރިއަރ މިނިސްޓްރީން މައުލޫމާތުދިންގޮތުގައި ފުރަތަމަބޮން ބާއްވާފައިވަނީ ސަރުކާރުގެ އޮފީސް އިމާރާތަކަށް ވަންނަތާކައިރީގައެވެ. އަދި  ދަތުރުކުރަމުންދިޔަ ކާރެއްގައި އަނެއް ބޮން ގޮއްވާލާފައިވަނީ ޕާލަމެންޓް މުވައްޒަފުން ދަތުރު ކުރި ބަހަކަށް އަމާޒުކޮށްގެންކަމަށް އެފަރާތުން މައުލޫމާތު ދީފައި ވެއެވެ. މިދެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ހަތަރު މީހުންނާ އާންމުންގެ ސައުވީސް މީހުން ނެވެ. މިދެހަމަލާގެ ޒިންމާ އަފްޣާނިސްތާންގެ ޠާލިބާން ޖަމާއަތުންވަނީ އުފުލާފައެވެ.

ޠާލިބާން އަދި އެހެންވެސް ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް އަފްޢާންނިސްތާން ސިފައިން ފަށާފައިވާ އޮޕަރޭޝަން އެއްގައި ސާޅީސްތިން ޓެރަރިސްޓުން މަރާލާ، ތިރީސް މީހުންހައްޔަރުކޮށްފައިވާ ކަމަށް އަންގާރަދުވަހު އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.